މެންބަރު ނިހާދާއި ޝަރީފަށް ހަމަލާދީފި

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މުޙައްމަދު ނިހާދާއި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފަށް ހަމަލާދީފިއެވެ.

ފުލުހުން ބުނީ މިއަދު 11:45 އެއްހާއިރު އައްޑޫގައި މެންބަރު ނިހާދުގެ ގައިގައި ޖަހައިފައިވާ މައްސަލައެއް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔެއް ނުކުރެއެވެ. މިއީ ކިހިނެއް ހިނގައިދިޔަ މާރާމާރީއެއްކަން ވެސް އަދި ވަނީ އެނގޭގޮތް ނުވެފައެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ މަންހަޓަން ބިޒްނަސް ހޮޓެލްގެ ތެރޭގައި ޝަރީފް ހުންނަވަނިކޮށް ބަޔަކު ހަމަލާ ދީފައިވާ މައްސަލައެއް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އެ ސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

comment ކޮމެންޓް