އެމްއައިބީން މިހާރު އޮންލައިންކޮށް، ވަގުތުން އެކައުންޓު ހުޅުވައި އެކްޓިވޭޓް ކުރެވޭނެ

އެމްއައިބީގެ ޕްރޮޑަކްޓް ލޯންޗު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން--ސަން ފޮޓޯ: މުހައްމަދު މާވީ

މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ)ގެ ކަސްޓަމަރުންނަށް މިހާރު އޮންލައިންކޮށް ވަގުތުން އެ ބޭންކުގައި އެކައުންޓު ހުޅުވޭނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.

އެމްއައިބީން ބުނީ އެ ބޭންކަށް ނުގޮސް، އޮންލައިންކޮށް ވަގުތުން އެކައުންޓް ހުޅުވަން އެދުމަށްފަހު ގިނަ އިރު މަޑުކުރަން ނުޖެހި ވަގުތުން އެކައުންޓް ނަންބަރު ލިބޭނެ ކަމަށެވެ. އެއާއެކު އެކައުންޓަށް ފައިސާ ޖަމާކޮށް އެކްޓިވޭޓް ކުރެވޭނެ ކަމަށްވެސް އެ ބޭންކުން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެކައުންޓް ހުޅުވުމަށް ފަހު ވަގުތުން ވިސާ އެކްޓިވޭޓެޑް ކާޑެއް ލިބޭނެ ކަމަށްވެސް އެމްއައިބީން ބުނެފައިވެއެވެ. އެގޮތުން އެކައުންޓް ހުޅުވި ބްރާންޗް ނުވަތަ އެންމެ ކައިރީގައި ހުރި އެމްއައިބީގެ ބްރާންޗަކަށް ދިއުމުން އެ ކާޑު ލިބޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.

މީގެ އިތުރުން އަމިއްލައަށް އިންޓަނެޓް ބޭންކިން ހެދޭނެ ކަމަށްވެސް އެ ބޭންކުން ބުންޏެވެ.

ޕްރޮޑަކްޓް ލޯންޗު ކުރުމުގެ ރަސްމިއްޔާތުގައި އެމްއައިބީގެ ޗީފް ފައިނޭންޝިއަލް އޮފިސާ އަލީ ވާސިފް ވާހަކަ ދައްކަވަނީ-- ސަން ފޮޓޯ:މުހައްމަދު މާވީ

އެމްއައިބީން ބުނީ މި ޚިދުމަތަށް އެދުމަށް ޓަކައި، އެ ބޭންކުގެ 'އެޕްލައި ނައު' ޕޯޓަލް ބޭނުން ކުރެވޭނެ ކަމަށެވެ. އަދި އީފާސް މެދުވެރިކޮށް ލޮގިން ވުމަށްފަހު އެކައުންޓް ހުޅުވުމަށް އެދެވޭނެ ކަމަށް ވެސް އެ ބޭންކުން ބުނެއެވެ. ނުވަތަ އީފާހުގެ މޮބައިލް އެޕް ބޭނުން ކޮށްގެން ސީދާ އެމްއައިބީގެ އެޕްލައި ނައު ޕޯޓަލްއަށް ވަދެވޭނެ ކަން ވެސް އެބޭންކުން ވަނީ ފާހަގަކޮށްފައެވެ.

އެމްއައިބީއަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ރައްކާތެރިކަމާއެކު ގިނަ ހިދުމަތްތަކެއް ކަސްޓަމަރުންނަށް ދެމުން އަންނަ ބޭންކެކެވެ. އެ ބޭންކުގެ ބްރާންޗްތައް އައްޑޫސިޓީ، ފުވައްމުލަށް ސިޓީ، ތިނަދޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީގެ އިތުރުން ހުޅުމާލޭގައިވެސް ހުރެއެވެ.

މީގެ އިތުރުން މާލެއާއި ރާއްޖެތެރޭގެ ބައެއް ރަށްތަކުގައި އޭޓީއެމްގެ ޚިދުމަތް ވެސް އެ ބޭންކުން ދަނީ ދެމުންނެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހަމައެކަނި އޭޓީއެމް އޮޕަރޭޓް ކުރަނީވެސް އިސްލާމިކް ބޭންކުންނެވެ.

comment ކޮމެންޓް