އެޕަލްގެ އެންމެ ފަހުގެ އުފެއްދުންތައް އެންމެ ފުރަތަމަ ތައާރަފްކުރުމުގެ ރެކޯޑު އޮތް ބެސްޓް ބައި މޯބައިލް އިން އައިފޯން 15 ގެނެސް، ޕްރި އޯޑަރަށް ހުޅުވާލައިފިއެވެ.
ދިވެހިންގެ އިތުބާރު ހޯދާފައިވާ ބެސްޓް ބައި މޯބައިލްއިން، ދުނިޔޭގެ ބާޒާރުގައި ފޯނު ވިއްކަން ފެށިތާ 48 ގަަޑިއިރު ތެރޭގައި އެންމެ ފަހުގެ އައިފޯންތައް ވަނީ ވިއްކަން ފަށާފައެވެ.
ބެސްޓް ބައިގެ އޮފިޝަލަކު ވިދާޅުވީ މިހާރުން ފެށިގެން ޕްރިއޯޑަރު ކުރާ ކަސްޓަމަރުންނަށް މި މަހުގެ 29 އިން ފެށިގެން ފޯނު ލިބޭނެ ކަމަށެވެ. ރާއްޖެއަށް އެޕަލްގެ އޮފިޝަލް ލޯންޗު ކުރާނީ މި މަހުގެ 29 ވަނަ ދުވަހެވެ. އަދި މިހާރު ބެސްޓް ބައި މޯބައިލުން އާއްމުކޮށްފައިވާ ޕްރިއޯޑަރު އަގުތަކަކީ ރާއްޖެއިން އައިފޯން-15 ސީރީޒް ލިބޭނެ އެންމެ ހެޔޮ އަގުކަން ފާހަގަކޮށްލެވެއެވެ.
ވަރަށް އަވަހަށް ފޯނުގެ ރަސްމީ އަގުތައް އިއުލާނު ކުރާނެ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

ބެސްޓް ބައި ގެ ފިހާރަތަކުގައި އެންމެ ފަހުގެ އައިޕޯން ---
އައިފޯންގެ އެންމެ ފަހުގެ އުފެއްދުންތައް މުޅި ދުނިޔެއަށް ދައްކާލީ މި މަހުގެ 15 ވަނަ ދުވަހުއެވެ.
ބެސްޓް ބައިގެ މައި ފިހާރަ ހުންނަނީ މަޖީދީ މަގު ބޭންކް އޮފް މޯލްޑިވްސްގެ ކުރިމަތިގައެވެ. ދެވަނަ ފިހާރަ ހުންނާނީ މާވެޔޮ މަގުގައި ހުންނަ އޭޑީކޭ ފާމަސީ ކުރިމަތީގައެވެ.
ބެސްޓް ބައިއިން ވަނީ އިންސްޓޯލްމެންޓަށްވެސް ފޯނު ނެގޭ ގޮތަށްވެސް ހަމަޖައްސާފައެވެ. އެގޮތުން ދާދި ފަހުން ތައާރަފްކުރި ފުލުހުންގެ ޕޮލްކޯ ސްކީމާއި، މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއެފްއެލްސީ، ބީއެމްއެލް އީޒީ، ބީއެމްއެލް އިސްލާމިކް ކްރެޑިޓް ސްކީމް މެދުވެރިކޮށްވެސް ބެސްޓް ބައި މޯބައިލުން ފޯނު ނެގޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ.
ބެސްޓް ބައިއިން ވިއްކާ ފޯނާއި އެހެނިހެން ޑިވައިސްތަކާ ގުޅޭ މައުލޫމާތު އެ ފިހާރައިގެ ފޭސްބުކް ޕޭޖްއިން ލިބޭނެއެވެ.