ސްޕޯޓިންގެ އައިވަރީ ކޯސްޓް ޑިފެންޑަރު އޮސްމާން ޑިއޮމަންޑޭ ހޯދުމަށް އާސެނަލުން ބިޑެއް ހުށަހަޅައިފިއެވެ.
ރިޕޯޓުތައް ބުނާގޮތުގައި އާސެނަލުން ވަނީ ކުރިއާލައި ޑިއޮމަންޑޭގެ ޓްރާންސްފާ ކަށަވަރުކުރުމަށް ސްޕޯޓިންއަށް 35 މިލިއަން ޔޫރޯ (30 މިލިއަން ޕައުންޑް)ގެ ބިޑެއް ހުށަހަޅައިފައެވެ.
އާސެނަލުން ވީހާވެސް އަވަހަކަށް އެ ޓްރާންސްފާގެ ކަންކަން ނިންމުމަށް މަސައްކަތްކުރަމުންދިޔަ ނަމަވެސް، ސްޕޯޓިން އިން ޑިއޮމަންޑޭއަށް 80 މިލިއަން ޔޫރޯ (69 މިލިއަން ޕައުންޑް)ގެ އަގެއް ބޭނުންވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެހެންކަމުން އާސެނަލްގެ ހުށަހެޅުން ސްޕޯޓިން އިން ގަބޫލުނުކޮށް ދޫކޮށްލުމުން އާސެނަލުން އާ ހުށަހެޅުމެއް ހުށަހަޅަން ޖެހޭނެއެވެ.
އުމުރުން 19 އަހަރުގެ ޑިއޮމަންޑޭ، ސްޕޯޓިންއާ ގުޅުނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި 7.5 މިލިއަން ޔޫރޯގެ އަގަކަށެވެ. އޭނާ އެ ކްލަބާއެކު ހަދާފައިވާ ކޮންޓްރެކްޓް ނިމުމަކަށް އަންނާނީ 2027 ވަނަ އަހަރުއެވެ.
މިދިޔަ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ތަށި ހޯދުމާ ގާތަށް ޖެހުނު ނަމަވެސް، ސީޒަންގެ ފަހުކޮޅުގެ ނަތީޖާތައް ދަށްވުމާ ގުޅިގެން މެންޗެސްޓާ ސިޓީން ވަނީ އެކަމުގެ ފައިދާ ނަގައި ލީގު ކާމިޔާބުކޮށްފައެވެ. އާސެނަލުން މިސީޒަނަށް ނުކުތީ ސްކޮޑު ވަރުގަދަކުރުމަށް އާ ކުޅުންތެރިންތަކަކާއެކުއެވެ.