މުޢިއްޒުގެ އިލެކްޓްރިކް ވެހިކަލަށް އިންވެސްޓު ކުރުމުގެ ވައުދަކީ ކޮޕީއެއް: މަންޞޫރު

އިކޮނޮމިކް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރު ރިޔާޒް މަންސޫރު -- ފޮޓޯ/ ޕީއެސްއެމް

އިދިކޮޅު ކޯލިޝަންގެ ކެންޑީޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރެއްގައި އިލެކްޓްރިކް ވެހިކަލަށް އިންވެސްޓު ކުރަން ބޭނުންވާ ފަރާތްތަކަށް މާލީ ގޮތުން އެހީތެރިވެދޭނެ ކަމަށް ބުނެ ވެވަޑައިގެންނެވި ވައުދަކީ މިހާރު މި ސަރުކާރުން ތަންފީޒުކުރަމުން އަންނަ ކަމެއްކަމަށް އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ރިޔާޒް މަންސޫރު ވިދާޅުވެއްޖެއެވެ.

މުއިއްޒުގެ އެ ވައުދާ ގުޅިގެން މަންސޫރު ވަނީ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕޮރޭޝަން (އެސްޑީއެފްސީ)އިން މިހާރު ވެސް ހިންގަމުންދާ "ޓެކްސީ ނަފާ" ލޯނު ޕުރޮގުރާމާ ގުޅޭ މައުލޫމާތުތަކެއް ހިއްސާ ކުރައްވާފައެވެ.

އޭނާ ވިދާޅުވި ގޮތުގައި މި އަހަރުގެ އޯގަސްޓް މަހު ފެށި އެ ޕްރޮގްރާމްގެ ދަށުން އަދި، އެޕްލިކޭޝަންތައް ބަލައިގަތުމުގެ މަސައްކަތް މި މަހުގެ ތިން ވަނަ ދުވަހު ވަނީ ފަށައިފައެވެ.

އޭނާ ވިދާޅުވީ މި ޕްރޮގުރާމުގެ ދަށުން މިހާރު ވެސް 44 އެޕްލިކޭޝަން ޕްރޮސެސްކުރުމުގެ މަސައްކަތް އެފްޑީއެފްސީން ކުރަމުން އަންނަ ކަމަށެވެ.

"ޓެކްސީ ނަފާ" ޕުރޮގުރާމްގެ ދަށުން މިހާރު ބޭނުން ކުރަމުންދާ ޓެކްސީ އައު ކުރަން ނުވަތަ ޓެކްސީގެ ގޮތުގައި ބޭނުން ކުރަން އައު އުޅަނދެއް ގަންނަން ބޭނުންވާ ފަރާތްތަކަށް ތިން ކެޓަގަރީއަކަށް ބަަހައިލައިގެން އެ ކަން ކުރެވެއެވެ.

އެގޮތުން މި ޕުރޮގުރާމުގެ ދަށުން 300,000 ރުފިޔާއާ ހަމައަށް ބައިބަޔަށް ބަހައިލައިގެން ލޯނު ދޫކުރެއެވެ. ފައިސާ ދޫކުރެވޭނީ ބައިބަޔަށް ބަހައިލައިގެންނެވެ.

ކްރެޑިޓް ރޭޓިންގްއަށް ބަލައި ހަ ޕަސެންޓާއި އަށް ޕަސެންޓާ ދެމެދުން އިންޓަރެސްޓް ކަނޑައަަޅާއިރު މި ލޯނު އަނބުރާ ދައްކަން ޖެހޭނީ ފަސް އަހަރުގެ ތެރޭގައެވެ.

comment ކޮމެންޓް