ކެންސަރު ޖެހިގެން 10 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ

ހުޅުމާލެ ސަހަރާ -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ކެންސަރު ބަލީގައި އުމުރުން 10 އަހަރުގެ ކުއްޖަކު ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ އޯވަރީ އަށް ކެންސަރު ޖެހިގެން ފަރުވާ ހޯދަމުން އައި ގއ. ދާންދުއަށް ނިސްބަތްވާ އާމިނަތު އަލީ އާދަމްއެވެ. އެ ކުއްޖާ ނިޔާވީ އެ ބައްޔަށް ފަރުވާ ހޯދަމުންދާތާ ނުވަ މަސް ފަހުންނެވެ.

ރެހެންދި ސްކޫލްގައި ކިޔަވަމުން ދިޔަ އެ ކުއްޖާއަށް ކެންސަރު ޖެހުނުކަން އެނގުނީ މިދިޔަ ޑިސެންބަރު މަހުތެރޭގައި ކަމަށް އާއިލާއިން ބުންޏެވެ.

އާއިލާއިން ބުނީ ބަލިޖެހުނު ކަން އެނގުނުފަހުން މިއަދާ ހަމައަށް ވެސް އައީ ފަރުވާދެމުން ކަމަށެވެ.

ކީމޯގެ ޑޯޒް ހަމަކޮށްގެން މިދިޔަ ޖުލައި މަހުގައި އިންޑިއާއިން ސްކޭނެއް ހެދިއިރު ކެންސަރު ހުރީ ވަރަށް ބޮޑަށް ފެތުރިފަކަމަށާއި ހުރީ އެންމެ ފަހު ސްޓޭޖުގައި ކަން އެނގުނު ކަމަށް އާއިލާއިން ބުންޏެވެ.

"އިންޑިއާއަށް ފަހުން ޑޯޒް ހަމަކޮށްގެން ދިޔައިރު ތަންކޮޅެއް ބޮޑަށް ފެތުރިފަ އިނީ. ލާސްޓް ސްޓޭޖުކަންވެސް އެނގުނު އެ ފަހަރު،" އާއިލާއިން ބުންޏެވެ.

އެފަހަރު އިންޑިއާއިން އައި ފަހުން ދިޔައީ އައިޖީއެމްއެޗްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ.

ނިޔާވެފައިވަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގައެވެ.

މިރޭ 10:30 ގައި ވަނީ އެ ކުއްޖާގެ ޖަނާޒާ ހުޅުމާލެ އާސަހަރާގައި ބާއްވާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް