ފުލުހުން 4100 ފުޅި ބަނގުރަލާއި 4421 ދަޅު ބިޔަރު ނައްތާލައިފި

ފުލުހުން މިއަދު ނައްތައިލި ބަނގުރާ -- ފޮޓޯ/ ޕޮލިސް

އެކި އޮޕަރޭޝަންތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ހުރި ގިނަ އަދަދެއްގެ ބަނގުރާ މިއަދު ނައްތާލައިފިއެވެ.

ފުލުހުން ބުނީ ދޫނިދޫގައި މި ފަހަރު ނައްތާލީ އެ ޚިދުމަތަށް ހުށަހަޅާފައިވާ ބަނގުރަލުގެ މައްސަލަތަކުގެ ތެރެއިން، ޑްރަގް އެންފޯސްމަންޓުގެ ބެލުމުގެ ދަށުގައިހުރި މައްސަލަތަކުގައި ހިމެނޭ ބަނގުރަލާއި، ޓޫރިސްޓް ޕޮލިސް، ހުޅުމާލެ ޕޮލިސް އަދި ޑްރަގް އެންފޯސްމަންޓުގެ ބެލުމުގެ ދަށަށް، ތުހުމަތުކުރެވޭ ފަރާތެއް ނެތްގޮތަށް ގެނެވިފައިވާ އިންސިޑެންޓުތަކުގައި ހިމެނޭ ބަނގުރާ ކަމަށެވެ.

އެގޮތުން 4100 ބްރޭންޑެޑް ފުޅިއާއި، 743 ޕެޓް ފުޅިއާއި، 4421 ދަޅު އަދި 19 ޕެކެޓް ބަނގުރާ ފުޅި ނައްތާލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ދޫނިދޫގައި ފުލުހުން މިއަދު ބަނގުރާ ނައްތާލަނީ -- ފޮޓޯ/ ފުލުހުން

ބަނގުރާ ނައްތާލުން މިއަދު ކުރިއަށް ގެންގޮސްފައިވަނީ ބަނގުރަލާ ބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ ތަކެއްޗާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން، ޕްރޮސިކިއުޓާ ޖެނެރަލް އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

comment ކޮމެންޓް