ހުކުރަށްދާން ނުކުތް ފަހުން ޚަބަރެއް ނުވެގެން މީހަކު ހޯދަނީ

ގެއްލިގެން ހޯދާ އިސްމާއީލް މާހިރް

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ސްޓެލްކޯ ޓަވަރުގައި ދިރިއުޅޭ މީހަކު އިއްޔެ ހުކުރަށް ދާން ނުކުތްފަހުން ޚަބަރެއް ނުވެގެން ފުލުހުން ހޯދަން ފަށައިފިއެވެ.

ގެއްލިގެން ހޯދަން ފުލުހުން އިއުލާނު ކޮށްފައި ވަނީ ހއ. ދިއްދޫ، ގުލްފާމްގެ އުމުރުން 50 އަހަރުގެ އިސްމާއީލް މާހިރެވެ. ފުލުހުން ބުނީ އޭނާ ގެއްލިގެން ރިޕޯޓުކޮށްފައި ވަނީ ރޭ ދަންވަރު 1:08 ހާއިރު ކަމަށެވެ.

މާހިރުގެ އާއިލާއާ ހަވާލާދީ ފުލުހުން ބުނީ، އޭނާ ހުކުރަށް ދާން ނުކުތްއިރު ލައިގެން ހުރީ މާޖެހި ހުދުކުލައިގެ ގަމީހަކާއި ނޫކުލައިގެ ޖިންސެއް ކަމަށެވެ.

މާހިރާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ފުލުހުންގެ ހޮޓްލައިން 3322111އަށް ނުވަތަ ހުޅުމާލެ ފޭސް ދޭއްގެ ޕޮލިސް ސްޓޭޝަން ނަމްބަރު 9393351އަށް ގުޅާ މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

comment ކޮމެންޓް