އޮގަސްޓު މަހުގެ އާމްދަނީ އަންދާޒާއަށްވުރެ ހަތް ޕަސެންޓު ދަށް

އޮކްޓޯބަރ 1، 2019: މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

މިދިޔަ އޮގަސްޓު މަހު، މީރާއިން ބަލައިގަތް އާމްދަނީގެ އަދަދު އަންދާޒާއަށް ވުރެ ހަތް ޕަސެންޓު ދަށްކަން ހާމަކޮށްފިއެވެ.

މީރާގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު އެ އިދާރާއިން ޖުމްލަ 1.6 ބިލިއަން ރުފިޔާ ވަނީ ބަލައިގެންފައެވެ. ބޮޑުކުރި ޓެކުހާއެކު، މިއީ މިދިޔަ އަހަރަށް ވުރެ 21 ޕަސެންޓު އިތުރު އަދަދެކެވެ.

ޓީޖީއެސްޓީއާއި، ޓީޖީއެސްޓީގެ އިތުރުން، ޓޫރިޒަމަށް ދޫކޮށްފައިވާ ބިންތަކުގެ ކުއްޔާއި، އެއާޕޯޓު ޓެކުހާއި، ފީގެ ގޮތުގައި ލިބުނު އާމްދަނީ ވެސް ވަނީ އިތުުރުވެފައެވެ. މީގެ އިތުރުން، މިދިޔަ އަހަރުގެ އޮގަސްޓު މަހާ އަޅާ ބަލާއިރު، މި އަހަރު ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު ނުވަ ޕަސެންޓު އިތުރުވަކީ ވެސް އާމްދަނީ އިތުރުވި ސަބަބެއް ކަމުގައި މީރާއިން ބުނެއެވެ.

ނަމަވެސް، އޮގަސްޓު މަހުގެ ޓޫރިސްޓު އެރައިވަލް އަންދާޒާކުރި ވަރަށް ވުރެ ދަށެވެ. އެއާއެކު، ޓީޖީއެސްޓީ އާއި، އިންކަމް ޓެކްސް އަދި ގްރީން ޓެކްސްގެ އާމްދަނީ ވެސް ލިބިފައިވަނީ އަންދާޒާ ކޮށްފައިވާ ވަރަށްވުރެ މަދުންނެވެ.

މީރާއަށް މިދިޔަ މަހު ޖީއެސްޓީގެ ގޮތުގައި 9.4 ބިލިއަން ރުފިޔާ ލިބުނެވެ. އަދި އިންކަމް ޓެކުހުގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ ނަގާފައިވެއެވެ.

comment ކޮމެންޓް