ދެ ލޯންޗު ޖެހި ހިނގި އެކްސިޑެންޓު: އެންމެންގެ ހާލު ވެސް ރަނގަޅު

މިރޭ ހިނގި އެކްސިޑެންޓު -- ފޮޓޯ/ ޕޮލިސް

ހުޅުމާލެ ކައިރިން ދަތުރު ކުރި ދެ ލޯންޗެއް ޖެހި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވެ، ހޮސްޕިޓަލަށް ފަރުވާ ހޯދުމަށް ގެންދިޔަ އަށް މީހުންގެ ހާލު ވެސް ރަނގަޅު ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ބުނެފިއެވެ.

އެކްސިޑެންޓުވީ ޖޮއި އައިލެންޑުން ފަތުރުވެރިންތަކެއް ގޮވައިގެން އެއާޕޯޓަށް ދިޔަ ލޯންޗަކާއި ލިއޯ ޓްރޭޑިންގެ މުވައްޒަފުންތަކެއް ގޮވައިގެން ދަތުރުކުރި ލޯންޗެކެވެ.

'ސަން'އަށް މައުލޫމާތު ދެމުން ހުޅުމާލެ ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލަށް ފަރުވާ ހޯދަން ގެންދިޔަ އަށް މީހުންގެ ތެރެއިން ފަސް މީހަކު މި ވަގުތު ޑިސްޗާޖް ކޮށްފައިވާ ކަމަށެވެ. އަދި، ދެން ތިބި މީހުން އޮބްސަވޭޝަންގައި ބާއްވާފައިވާ ކަމަށާއި އެހެންނަމަވެސް އެ މީހުންގެ ހާލު ވެސް ރަނގަޅު ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

https://sun.mv/181811

އެކްސިޑެންޓު ހިނގާފައިވަނީ މިރޭ 20:36 ކަންހާއިރު ހުޅުމާލެ ކައިރިންނެވެ.

އެއާޕޯޓަށް ދަތުރުކުރި ލޯންޗުގައި 13 ފަސިންޖަރުންނާއި ތިން ފަޅުވެރިން ތިބި އިރު، އެ އުޅަނދުގައި ތިބި މީހުންނަށް ސީރިއަސް އަނިޔާތަކެއް ނުލިބޭ ކަމަށާއި، އޭގައި ތިބި މީހުން ފުރަން އެއާޕޯޓަށް ގެންގޮސްފައިވާ ކަމަށް ކޯސްޓުގާޑުން މީގެ ކުރިން ބުނެފައިވެއެވެ.

ރާއްޖޭގެ ބައެއް ހިސާބުތަކަށް ކޮންމެ ވެސް ވަރަކަށް މޫސުން ގޯސްވެފައިވާ މި ދުވަސްވަރު ކަނޑުދަތުރުކުރާ ފަރާތްތަކުން ދަތުރުތައް ރޭވުމުގައި ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސް ކޮށްފައެވެ.

comment ކޮމެންޓް