އެސްއެސްޕްލޭ: ކޮންމެ ނެޓްވޯކަކުން ވެސް 30 ރުފިޔާއަށް ރިޔާސީ އިންތިޚާބު ބަލައިލެވޭނެ

އެސްއެސް ޕްލޭ---

މާދަމާ ބާއްވާ ރިޔާސީ އިންތިޚާބުގެ ކަވަރޭޖު ކޮންމެ ތަނެއްގައި ހުރެގެން، ކޮންމެ ނެޓްވޯކަކުން ވެސް އެސްއެސްޕްލޭ މެދުވެރިކޮށް އެންމެ 30 ރުފިޔާއަށް ބަލައިލެވޭނެއެވެ.

ރާއްޖޭގެ ގިނަ ޗެނަލްތަކެއް ހިމެނޭހެން އެންމެ 30 ރުފިޔާއަށް އެ އެޕް މެދުވެރިކޮށް 43 ޗެނަލް ބަލައިލެވޭނެއެވެ. އެގޮތުން، ވޯޓުލާ ވަގުތު ދިވެހި ލައިވް ކަވަރޭޖާއި، ވޯޓުގުނުމުގެ އެންމެ ފަހުގެ އަޕްޑޭޓްތައް އެސްއެސް ޕްލޭގެ ޗެނަލްތަކުން ފަސޭހަކަމާ އެކު ބަލައިލެވޭނެއެވެ.

އެސްއެސްނެޓުގެ އައިޕީޓީވީގެ ޚިދުމަތް ހޯދާ މީހުންނަށް ރަޖިސްޓާ ކުރުމަކާ ނުލައި، ޓީވީގެ ނަންބަރު ޖަހައިގެން އެޕަށް ލޮގިން ވެވޭނެއެވެ. އަދި، އެ ޚިދުމަތް ނުހޯދާ މީހުންނަށް ވެސް އެސްއެސްޕްލޭގެ އެޕް ޑައުންލޯޑުކޮށްލައިގެން ރަޖިސްޓާ ކުރެވޭނެއެވެ.

އެ ޕްލެޓްފޯމް މެދުވެރިކޮށް، ދިވެހިން އާންމުކޮށް ބަލައިއުޅޭ ހުރިހާ ޗެނަލެއް ފެންނައިރު، އޭގެ ތެރޭގައި ދީނީ މައުލޫމާތާއި، މުނިފޫހި ފިލުވުމުގެ ޗެނަލްތައް ވެސް އެއް ތަނަކުން ލިބެން ހުންނާނެއެވެ. މޯބައިލް ޑިވައިސެއް މެދުވެރިކޮށް، ރާއްޖޭގެ ކޮންމެ ތަނަކު، ކޮންމެ ވަގުތަކު ހުރގެން ވެސް ހަލުވިކަމާއި އިތުބާރާއެކު، އެ ޚިދުމަތް ހޯދޭނެއެއެވެ.

މި ވަގުތު އެސްއެސްޕްލޭ އެޕް ލިބެން ހުރީ އެންޑްރޮއިޑް ޑިވައިސްތަކަށް، ގޫގުލް ޕްލޭ ސްޓޯރުންނެވެ. ވަރަށް އަވަހަށް އައިއޯއެސްއަށް ވެސް އެ އެޕް ލިބޭނެއެވެ.

އެސްއެސްޕްލޭއާ ގުޅޭ އިތުރު މައުލޫމާތު އެސްއެސް ނެޓް ވެބްސައިޓުން ލިބޭނެއެވެ.

comment ކޮމެންޓް