ދަރަވަންދޫ ކައިރިން ދޯންޏެއް އަޑިއަށް، މީހުން ސަލާމަތްކޮށްފި

ދަރަވަންދޫއާ ދިމާ ބޭރުން ދޯންޏެއް އަޑިއަށް ދަނީ-- ފޮޓޯ/ މޯލްޑިވްސް ޕޮލިސް ސާވިސް

ބ. ދަރަވަންދޫ ކައިރިއަށް ދޯންޏެއް އަޑިއަށް ދިޔުމުން، އެ ދޯނީގައި ތިބި މީހުން ސަލާމަތްކޮށްފިއެވެ.

ފުލުހުން ބުނީ، މާލެއިން ބ. އަތޮޅަށް ދަތުރުކުރަމުން ދިޔަ ދޯންޏެއް އަޑިއަށް ދާ ކަމަށް ރިޕޯޓުކޮށްފައި ވަނީ ހެނދުނު 10:40ހާއިރު ކަމަށެވެ.

ފުލުހުން ބުނީ އެއީ މުދާ އުފުލާ ދޯންޏެއް ކަމަށާއި އޭގައި 13 މީހަކު ތިބި ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 12 ބިދޭސީންނާއި ދިވެއްސެކެވެ.

"އެ ދޯނީގައި ތިބި އެންމެން ވެސް މިހާރު ވަނީ ފުލުހުންގެ ލޯންޗަށް ނަގާފައި. އެންމެންގެ ހާލުވެސް ރަނގަޅު،" ފުލުހުން ބުންޏެވެ.

އެ ދޯނި އަޑިއަށް ދާން ދިމާވި ސަބަބަކާއި ދޯނީގައި ހުރި މުދަލުގެ މައުލޫމާތެއް މިހާތަނަށް ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް