އެސްއެސްޕްލޭ: ހެޔޮ އަގުގައި 70 ޗެނަލް، ކޮންމެ ތަނަކުން ވެސް

އެސްއެސް ޕްލޭ---

ރާއްޖޭގެ ކޮންމެ ތަނަކު ހުރެގެން 70 ޗެނަލް ބަލައިލެވޭ އޯޓީޓީ ޕްލެޓްފޯމް، އެސްއެސްޕްލޭގެ ޚިދުމަތް ތައާރަފުކޮށްފިއެވެ.

އެސްއެސްނެޓުގެ ކޮންޓެންޓު މާކެޓިން އެންޑް ބިޒްނަސް ޑިވެލޮޕްމެންޓް މެނޭޖަރު މަރިޔަމް ނައުފާ ވިދާޅުވީ މިހާރު އެސްއެސްނެޓުގެ އައިޕީޓީވީގެ ޚިދުމަތް ހޯދާ މީހުންނަށް ރަޖިސްޓާ ކުރުމަކާ ނުލައި، ޓީވީގެ ނަންބަރު ޖަހައިގެން އެޕަށް ލޮގިން ވެވޭނެ ކަމަށެވެ. އެ ޚިދުމަތް ނުހޯދާ މީހުންނަށް ވެސް އެސްއެސްޕްލޭގެ އެޕް ޑައުންލޯޑުކޮށްލައިގެން ފަސޭހަކަމާއެކު ރަޖިސްޓާ ކުރެވޭނެއެވެ.

އެ ޕްލެޓްފޯމް މެދުވެރިކޮށް، ދިވެހިން އާންމުކޮށް ބަލައިއުޅޭ ހުރިހާ ޗެނަލެއް ފެންނައިރު، އޭގެ ތެރޭގައި ރާއްޖޭގެ ހުރިހާ ޓީވީ ޗެނަލަކާއި، ބޭރުގެ ޚަބަރުތަކާއި ދީނީ މައުލޫމާތާއި، މުނިފޫހި ފިލުވުމުގެ ޗެނަލްތައް ވެސް އެއް ތަނަކުން ލިބެން ހުންނާނެއެވެ. މޯބައިލް ޑިވައިސެއް މެދުވެރިކޮށް، ރާއްޖޭގެ ކޮންމެ ތަނަކު ހުރެގެން ކޮންމެ ވަގުތަކު ވެސް ހަލުވިކަމާއި އިތުބާރާއެކު، އެ ޚިދުމަތް ހޯދޭނެއެއެވެ.

ރާއްޖެއާއި، ދުނިޔޭގެ އެންމެ މަގުބޫލު ޗެނަލްތައް ބަލައިލުމަށް، އެސްއެސްޕްލޭއިން ޖީބަށް ލުއި ދެ ޕެކޭޖެއް ވަނީ ތައްޔާރުކޮށްފައެވެ. އެ ޕެކޭޖުތައް އެންމެ 30 ރުފިޔާ އާއި 60 ރުފިޔާއަށް އެކްޓިވޭޓްކޮށްލައިގެން ޚިދުމަތް ހޯދޭނެއެވެ.

މިވަގުތު އެސްއެސްޕްލޭ އެޕް ލިބެން ހުރީ އެންޑްރޮއިޑް ޑިވައިސްތަކަށް، ގޫގުލް ޕްލޭ ސްޓޯރުންނެވެ. ވަރަށް އަވަހަށް އައިއޯއެސްއަށް ވެސް އެ އެޕް ލިބޭނެ ކަމަށް ނައުފާ ވިދާޅުވިއެވެ.

comment ކޮމެންޓް