އެކްސްގެ ޕޯލްތަކުގައި ބައިވެރިވެވޭނީ ވެރިފައިޑް، ޕްރިމިއަމް ފަރާތްތަކަށް އެކަނި: އީލޮން މަސްކް

އެކްސްގައި ޕޯލް ކްރިއޭޓްކޮށް، އެކްސްގެ ޕޯލްތަކުގައި ބައިވެރިވެވޭނީ ވެރިފައިޑް، ޕްރިމިއަމް ބޭނުންކުރާ ފަރާތްތަކަށް އެކަނި ކަމުގައި އެކްސްގެ ވެރިޔާ މަހުޖަނު އީލޮން މަސްކް ބުނެފިއެވެ.

އާދީއްތަ ދުވަހު އެލޮން މަސްކް ބުނީ އެކްސް (ކުރީގެ ޓްވިޓާ)އިން ވަރަށް އަވަހަށް ޕްލެޓްފޯމްތަކުގައި ސިޔާސީ މައްސަލަތައް ހިމެނޭ ގޮތަށް ހުރިހާ މާއްދާތަކެއްގައި ވޯޓުގައި ބައިވެރިވުމުގެ ފުރުސަތު ދޭނެ ކަމަށެވެ.

އެކަމަކު އެފަދަ ވޯޓްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ވެރިފައިޑް، ޕްރިމިއަމް ބޭނުންކުރާ ފަރާތްތަކަށް އެކަނި ކަމަށެވެ.

ލިޔުންތެރިޔާ އަދި ވިޔަފާރިވެރިޔާ ބްރަޔަން ކްރަސެންސްޓައިން އެކަމާ ބެހޭ ޕޯސްޓެއް އެކްސްގައި ކުރަމުން ބުނީ އެކްސްއަށް ޕޯލްތަކުގެ އޮޕްޝަން ހެދުމުގެ ފުރުޞަތު އޮންނަން ޖެހޭނީ ހަމައެކަނި ބްލޫ ޗެކްމާކް ނުވަތަ ވެރިފައި ކޮށްފައިވާ އެކައުންޓްތަކަށް އެކަނި ކަމަށެވެ.

އެޕޯސްޓަށް ރައްދު ދެއްވަމުން އީލޮން މަސްކް ވިދާޅުވީ އެކަން ވަރަށް އަވަހަށް އެކްސްއަށް އަންނާނެ ކަމަށެވެ. މަސްކް ވިދާޅުވީ އެކްސްގެ ޕޯލްތަކުން ތަފާތު އޮޕްޝަންތަކާ އެކު ސުވާލެއް ޕޯސްޓް ކުރެވޭނެ ކަމަށެވެ.

"ޕޯލްތަކަށް ބަދަލު މި ގެންނަނީ ހަމައެކަނި ވެރިފައިޑް އެކައުންޓްތައް ބޭނުންކުރާ މީހުންނަށް ވޯޓު ދެވޭ ގޮތަށް. އެއީ ހިޔާލު ތަފާތުވާ މައްސަލަތަކުގައި ޕޯލްތައް ބޮޓް ސްޕެމް ވިޔަ ނުދިނުމަށް ވަރަށް މުހިންމު ކަމެއް،" ބިލިއަނަރު ބުންޏެވެ.

"މި ހަފުތާގައި ވަރަށް ގިނަ ބޮޓްތައް ބަންދުކުރީ،"

އެކްސްއިން މީގެ ކުރިން ވަނީ އެމެރިކާގެ ސިޔާސީ ޕާޓީތަކާއި ކެންޑިޑޭޓުންގެ ފަރާތުން އެ ކުންފުނީގެ ސައިޓުގައި ސިޔާސީ އިޝްތިހާރު ކުރުމުގެ ހުއްދަ ދީ، 2024 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރިން އެ ކުންފުނީގެ އިންތިޚާބާއި ސޭފްޓީ ޓީމު ފުޅާކުރާނެ ކަމަށް ބުނެފައެވެ.

ސޯޝަލް މީޑިއާ ނެޓްވޯކު އެކްސްއިން ބުނީ "އުފެދޭ ނުރައްކާތަކާއި" ކޮންޓެންޓް އޮޅުވާލުންތަކާ ދެކޮޅަށް އެ ކުންފުނީގެ ޓީމުތައް އިތުރުކުރާނެ ކަމަށެވެ. އަދި، ސިޔާސީ އިޝްތިހާރުތަކަށް ހުއްދަ ދެނީ "ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ވެފައިވާ ވައުދު ބިނާކުރުމުގެ މަގްސަދުގައި" ކަމަށް ވެސް އެކްސްއިން ބުނެއެވެ.

comment ކޮމެންޓް