ޖުލައި މަހު އިންފްލޭޝަނަށް އިތުރުވީ 0.06 ޕަސެންޓު

ވިލިމާލެ ފެރީ ޓާމިނަލް---ސަަން ފޮޓޯ: މުހައްމަދު އަފްރާހް

މިދިޔަ ޖުލައި މަހުގެ އިންފްލޭޝަން، އޭގެ ކުރީމަހާ އަޅާބަލާއިރުު 0.06 ޕަސެންޓު މަތިވެއްޖެއެވެ.

ސްޓެޓިސްޓިކްސް ބިއުރޯގެ ތަފާސް ހިސާބުތައް ދައްކާގޮތުން، ޖުލައި މަހުގެ ސީޕީއައި ހުރީ 2.38 ގައެވެ. ޖުލައި މަހު އެންމެ ބޮޑަށް މައްޗަށް ދިޔައީ ކާބޯތަކެއްޗާއި، ދަތުރުފަތުރުގެ އަގެވެ.

ޖޫންމަހާ އަޅާބަލާއިރު، ކާބޯތަކެތީގެ އަގުވަނީ 0.64 ޕަސެންޓު މަތިވެފައެވެ. އަދި، މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު، 4.49 ޕަސެންޓު މަތިވެފައެވެ.

އޭގެތެރެއިން، ފިޔާގެ އަގު 15.99 ޕަސެންޓު މަތިވެފައިވެއެވެ. ޓޮމާޓޯ އިން 12.50 ޕަސެންޓު އަގުބޮޑުވިއިރު، އާފަލުން 2 ޕަސެންޓު އަދި އޮރެންޖުން 4.99 ޕަސެންޓު އިތުރުވެފައިވެއެވެ.

ޖޫންމަހާ އަޅާބަލާއިރު، ދަތުރުފަތުރުގެ އަގު މައްޗަށް ދިޔައީ 1.09 ޕަސެންޓަށެވެ. މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން 3.42 ޕަސެންޓު މަތިވެފައިވެއެވެ.

އެ ދާއިރާއިން އެންމެ ބޮޑަށް މައްޗަށް ދިޔައީ ކަނޑުދަތުރު ތަކާއި، ޕިކަޕު ދަތުރުތަކުގެ އަގެވެ. ކަނޑުދަތުރުގެ އަގު 21.31 ޕަސެންޓު މައްޗަށް ދިޔައިރު، ޕިކަޕު ދަތުރުގެ އަގަށް 7.86 ޕަސެންޓު އިތުރުވެފައިވެއެވެ. ނަމަވެސް، ވައިގެ މަގުން ބޭރަށް ކުރާ ދަތުރުގެ އަގުވަނީ 8.93 ޕަސެންޓު ދަށްވެފައެވެ.

comment ކޮމެންޓް