ދީނާ ޚިލާފު ކްލާސްތަކެއްގެ މައްސަލަ ފުލުހަށް

ޑރ. ގަނޭޝް ދުބޭ ނަމަކަށް ކިޔާ މީހަކު މާލޭގައި ކްލާސް ނަގައިދޭނެ ކަމަށް ބުނާ ޕޯސްޓެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ --

''ސްޕިރިޗުއަލް'' ލަފާދީ, ދިރިއުޅުމުގައި ދިމާވާ ތަފާތު މައްސަލަތަކަށް ހައްލު ހޯދޭނެ ގޮތްތައް ކިޔައިދޭނެ ކަމަށް ބުނާ މީހަކު ރާއްޖެ އައިސް، މާލޭގައި ކްލާސްތަކެއް ނަގައިދޭން އިޝްތިހާރުކުރި މައްސަލަ ފުލުހަށް ހުށަހަޅައިފިއެވެ.

އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު އަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، 'ސްޕިރިޗުއަލް' އެހީ ފޯރުކޮށްދިނުމުގެ ނަމުގައި މާލޭގެ ހޮޓަލެއްގައި، ދީނީ އެއްބައިވަންތަކަށް ހިމާޔަތް ކުރުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގަން އިޝްތިހާރު ކުރާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެހެންވެ، އެ މައްސަލަ ބަލައި ފިޔަވަޅު އަޅައި ދިނުމަށް ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޑރ. ގަނޭޝް ދުބޭ ނަމަކަށް ކިޔާ މީހަކު މާލޭގައި ކްލާސް ނަގައިދޭނެ ކަމަށް ބުނާ ޕޯސްޓެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެ ޕޯސްޓުގައިވާ ގޮތުން އޭނާ ކްލާސްތައް ނަގައިދޭނީ ބުދަ ދުވަހުން ފެށިގެން އަންނަ އާދިއްތަ ދުވަހާ ހަމައަށެވެ.

އޭނާގެ ލަފާ ދޭނީ، ކޮންސަލްޓޭޝަން ފީއެއްގެ ގޮތުގައި 100 ޑޮލަރު ދިނުމުން ކަމަށް ވެސް އެ ޕޯސްޓުގައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް