ތުޅާދޫ އެއާޕޯޓު އެޅުމަށް ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި

ބ. ތުޅާދޫ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް މިއަދު ފެށުން---

ބ. ތުޅާދޫ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

ޕްލޭނިން މިނިސްޓްރީން މިދިޔަ ޖުލައި މަހު އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަނާއެވެ.

އެ މިނިސްޓްރީން ބުނީ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 44.70 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ބ. ތުޅާދޫ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް މިއަދު ފެށުން---

މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިންއެވެ.

މިދިޔަ މަހު ޕްލޭނިން މިނިސްޓްރީންވަނީ ތުޅާދޫގެ އިތުރުން ށ. ބިލެތްފައްސާއި ތ. ވިލުފުށީގެ ބިން ހިއްކުމުގެ މަސައްކަތް ވެސް ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައެވެ.

އެ ތިން ރަށުގެ ބިން ހިއްކުމަށް 42 މިލިއަން ޑޮލަރު (653 މިލިއަން ރުފިޔާ) ހޭދަވާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފައެވެ.

comment ކޮމެންޓް