ރެޑް ސްޓާގައި ހޯމް އެޕްލައަންސްއަށް ޚާއްޞަ ޕޮރޮމޯޝަނެއް ކުރިއަށްދަނީ

ރެޑްސްޓާގެ ރިސޯޓްވެއާ އައުޓްލެޓް--

ރެޑް ސްޓާގައި ހޯމް އެޕްލައަންސްއަށް ޚާއްޞަ ޕޮރޮމޯޝަނެއް ފަށައިފިއެވެ.

ވޭތުވެ ދިޔަ އަހަރުތަކުގައި ރެސްޓޯރަންޓާއި ރިސޯޓު ބަދިގެތަކަށް ޚާއްޞަ އަހަންމިއްޔަތު ކަމެއް ދީގެން ވިޔަފާރި ކުރަމުން އައި ރެޑް ސްޓާއިން މިހާރު ވަނީ ގޭގެ ބަދިގެތަކަށް އަމާޒު ކޮށްގެން ހޯމް އެޕްލައެންސް ވެސް ވިއްކަން ފަށާފައެވެ.

މި ޕްރޮމޯޝަންގައި ރެޑް ސްޓާއިން ވިއްކާ ހިޓާޗީ، ޕެނެސޮނިކް، އެލްޖީ އަދި ބްލެކް ޕްލަސް ޑެކާގެ ހުރިހާ ސާމާނަކުން ވެސް އެކަށީގެންވާ ޑިސްކައުންޓުތަކެއް ލިބޭނެ ކަމަށް އެ ފިހާރައިން ބުނެއެވެ.

ރެޑްސްޓާގެ ރިސޯޓްވެއާ އައުޓްލެޓް--

މިޕޮރޮމޯޝަންގެ ދަށުން އެމްއައިބީގެ "އުޖާލާ ދިރިއުޅުން" ސްކީމްއަށްވެސް ޕޮރޮމޯޝަން އަގުގައި ތަކެތި ގަންނަށް ލިބޭނެއެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް މި ޕްރޮމޯޝަން ކުރިއަށްދާނީ ރެޑް ސްޓާގެ މައި އައުޓްލެޓް ކަމުގައިވާ "ރެޑް ސްޓާ ރިސޯޓްވެއާ" އިންނެވެ. މި ފިހާރަ ހުންނަނީ ފަރީދީ މަގު، ގްރީން ބެލް ކައިރީގައެވެ.

ރެޑް ސްޓާގެ ބަދިގެ ސާމާނުގެ ވިޔަފާރި ފެށިގެން އައީ މީގެ 18 އަހަރު ކުރިން މާފަންނު ގަޑިބުރު ސަރަހައްދުގައި ހުޅުވި ފިހާރައަކުންނެވެ. ޖާގަ ކުޑަ ނަމަވެސް އޭރުވެސް ރިސޯޓުތަކަށް ޚާއްޞަ ބަދިގެ ސާމާނު ގަތުމަށްޓަކައި ގިނަ ބަޔަކު އެ ފިހާރަ ޚިޔާރުކުރިއެވެ.

ދެހާސްބާވީސް ވަނަ އަހަރު ހުޅުވި ރެޑް ސްޓާ ރިސޯޓްވެއާ ފިހާރައަކީ ޖާގަ ތަނަވަސް، ކަސްޓަމަރުންނަށް ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ، ދެ ފަންގިފިލާގެ ފިހާރައެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު