އެމްޕީ ސިރާޖުގެ ތާއީދު ޑރ. މުއިއްޒަށް، ދެއްވީ ލާމު އަތޮޅުގެ ޔަގީންކަން!

އެމްޑީޕީއިން މިއަދު ވަކިވެވަޑައިގެންނެވި ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކުރަން ނިންމަވައިފިއެވެ.

މިރޭ ސިރާޖު ކުރެއްވި ޓްވީޓެއްގައި އެ ކަން ވަނީ އިއުލާންކުރައްވައިފައެވެ.

"2018 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ލާމު އަތޮޅުން އެމްޑީޕީ ކެނޑިޑޭޓް ކުރި ހޯދިކަމުގައިވިޔަސް މިއިންތިހާބުގައި އަޅުގަނޑުމެން އެކަން ބަދަލުކުރާނަން،" ސިރާޖުގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

އެމްޑީޕީގެ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ތެރެއިން ވެސް ސިރާޖު އެ ޕާޓީން ވަކިވާން އުޅޭ ކަމުގެ އަޑުތަކެއް ފެތުރުނެވެ. އެކަމަކު، އެ ފަހަރުގެ ޕްރައިމަރީގައި ސިރާޖު ތާއީދު ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށެވެ.

އެހެންނަމަވެސް، މި ފަހުން ސިރާޖު ހުންނެވީ އެމްޑީޕީގެ ހަރަކާތްތަކާ ދުރުގައެވެ. އޭނާ އެ ޕާޓީން ވަކިވެފައިވާއިރު، ދެން އެހެން ޕާޓީއަކާ ގުޅިވަޑައިގަންނަވަން އުޅުއްވާކަމުގެ އަޑުތައް ވެސް ފެތުރުނެވެ.

ކުރިން ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ސިރާޖު ސިޔާސީ ދާއިރާއަށް ނުކުންނެވީ 2019 ވަނަ އަހަރުގެ މަޖިލީސް އިންތިޚާބާ ހަމައިންނެވެ.

comment ކޮމެންޓް