މާވަށުގައި އައިސްޕްލާންޓަކާއި ކޯލްޑް ސްޓޯރޭޖެއް ގާއިމު ކުރަން ފެނަކައަށް

މާވަށުގައި ކޯލްޑް ސްޓޯރޭޖަކާއި އައިސްޕްލާންޓެއް ގާއިމުކުރުމަށް ފެނަކައާ ހަވާލުކުރުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ފެނަކަ

ލ. މާވަށުގައި އައިސް ޕްލާންޓަކާއި ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރުމަށް ފެނަކަ ކޯޕަރޭޝަނާ ސަރުކާރުން ހަވާލުކޮށްފިއެވެ.

މިކަމުގެ އެއްބަސްވުމުގައި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު، ޑރ. ހުސައިން ރަޝީދު ހަސަނެވެ. ފެނަކައިގެ ފަރާތުން މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުޙައްމަދެވެ.

މި އެއްބަސްވުމުގެ ދަށުން އެ ރަށުގައި 25 ޓަނުގެ އައިސް ޕްލާންޓަކާއި 50 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމު ކުރާނެއެވެ.

މި މަސައްކަތް ހަމަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށް ފެނަކައާ ހަވާލުކުރީ 5.5 މިލިއަން ރުފިޔާ އަށެވެ.

ރާއްޖޭގެ މަސްވެރިކަން ކުރިއަރުވައި މަސްވެރިންނަށް ހެޔޮ ގޮތްތައް ހޯދައިދިނުމަކީ ސަރުކާރުން ވަރަށް އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެކެވެ.

އެގޮތުން މަސްވެރިންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް ޓަކައި ގިނައިން މަސް ބާނާ ދުވަސްވަރު އެމީހުން މަސްކިރުވުމުގައި ދިމާވާ ދަތިތައް ހައްލުކޮށްދީ މަސްވެރިންނަށް ލިބެންޖެހޭ ހަމަ އަގު ހޯދައި ދިނުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

comment ކޮމެންޓް