މިއަހަރުގެ 'އެސްޓްރަބޮން އެކްސްޕޯ' ފަށައިފި

"އެސްޓްރަބޮން އެކްސްޕޯ 2023" ހުޅުވުމުގެ ރަސްމިއްޔާތު --

ޓުއަރިޒަމް އިންޑަސްޓްރީއަށް ޚާއްސަކޮށްގެން ބާއްވާ 'އެސްޓްރަބޮން އެކްސްޕޯ' ފަށައިފިއެވެ.

މިއަދު ހެނދުނު ނުވައެއް ޖެހި އިރު މަންހަޓަން ބިޒްނަސް ހޮޓެލްގައި މި އެކްސްޕޯ ފައްޓަވައިދެއްވީ ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ.

މާދަމާ ހެނދުނު 09:00އިން ހަވީރު 05:00އާ ހަމައަށް އެކްސްޕޯ ކުރިއަށް ގެންދާނެއެވެ. މި އެކްސްޕޯ އަކީ ރިސޯޓް ސަޕްލައި އާއި އެފްއެންބީގެ ދާއިރާގެ ސާމާނުތަކަށް ޚާއްސަ އެކްސްޕޯއެކެވެ. އަދި ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ ސާމާނު މި އެކްސްޕޯގައި ދައްކުވައިދޭނެއެވެ.

"އެސްޓްރަބޮން އެކްސްޕޯ 2023" ހުޅުވުމުގެ ރަސްމިއްޔާތު --

އެސްޓްރަބޮން އެކްސްޕޯ ފައްޓަވައިދެއްވާ ޑރ. މައުސޫމް ވިދާޅުވީ، މި އެކްސްޕޯގެ ސަބަބުން ރާއްޖޭގެ ޓުއަރިޒަމް ފުޅާވުމަށް މަގު ފަހިވާނެކަމަށެވެ.

އެސްޓްރަބޮންގެ އެންމެ ޚާއްސަ ކަސްޓަމަރުންނަށް މި ރަސްމިއްޔާތުގައި ވަނީ ޝުކުރު އަދާކޮށްފައެވެ. އޭގެ ތެރޭގައި ސިޔާމް ވޯލްޑާއި ސިނަމޮން ދޮންވެލި މޯލްޑިވްސް އަދި ކްލަބް މެޑް ކަނި ހިމެނެއެވެ.

އެސްޓްރަބޮންއިން ބުނީ އަމާޒަކީ މި އެކްސްޕޯއަކީ މިފަދަ އެންމެ ބޮޑު އެކްސްޕޯ ކަމުގައި ހަދާ ރިސޯޓު ސަޕްލައި ދާއިރާ އެއްކޮށް ބަދަލު ކޮށްލުން ކަމަށެވެ.

comment ކޮމެންޓް