ފްލެޓް ލިބުނު މީހުން އިއުލާނު ކުރުމާ އެކު ސްކޭމްތައް ގިނަ ވެދާނެތީ ސަމާލުވާން އެދެފި

ފެބްރުއަރީ 15، 2021: ޝަހީދު ހުސެން އާދަމް ބިލްޑިންގް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަރުކާރުގެ "ގެދޮރުވެރިޔާ ހައުސިން ސްކީމް"ގެ ދަށުން ފްލެޓު ލިބުނު މީހުންގެ ނަންތައް އިއުލާނު ކުރުމާ އެކު، އޮޅުވާލައިގެން ފައިސާ ހޯދާ މީހުން ގިނަ ވެދާނެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުންވަނީ، މިފަދަ މީހުންގެ ކިބައިން ސަލާމަތް ވުމަށް ކުރެވިދާނެ ކަންކަން ހިއްސާކޮށްފައެވެ.

އެގޮތުން:

  • ޒާތީ މައުލޫމާތު ހިއްސާ ނުކުރުން

އައިޑީ ކާޑު ނަންބަރާއި ބޭންކް އެކައުންޓުގެ މައުލޫމާތާއި ޕާސްވޯޑު ފަދަ ޒާތީ މުހިންމު މައުލޫމާތު ހޯދަން ހައުސިން މިނިސްޓްރީ ނުވަތަ އެއްވެސް އިދާރާއަކުން ފޯނުކޮށް ނުވަތަ މެސެޖުކޮށް ނުވަތަ އީމެއިލް ކޮށެއް ނަހަދާނެއެވެ

  • ރަސްމީ ލިސްޓު ޗެކްކުރުން

ސަރުކާރު ގެޒެޓުގައި ހައުސިން މިނިސްޓްރީން ޝާއިއުކޮށްފައިވާ ލިސްޓު ބެލުން މުހިންމެވެ. މަކަރާއި ހީލަތް ހެދުމުގެ ގޮތުން ހީލަތްތެރިން ސައްހަނޫން ލިސްޓެއް ތައްޔާރު ކޮށްފާނެއެވެ.

  • މުއާމަލާތު ކުރުމުގައި ރަސްމީ ގޮތް އިޚްތިޔާރު ކުރުން

ފްލެޓު ލިބުމާ ގުޅިގެން ހައުސިން މިނިސްޓްރީން ހިންގާ މުއާމަލާތުތައް ހިންގަނީ ރަސްމީ ހައިސިއްޔަތުން އެކަމަށް ކަނޑައަޅާފައިވާ ޕޯޓަލް މެދުވެރިކޮށެވެ.

  • އަމިއްލައަށް މައުލޫމާތު ހޯއްދަވާ

ހީލަތްތެރިން ބޭނުންކުރާ އުކުޅުތައް ދަސްކޮށް މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ހިންގާ ސްކޭމްތައް ދެނެގަންނާށެވެ.

ފޮރެކްސް ޓްރޭޑަރުންގެ ނަމުގައި ފޭކް ޕްރޮފައިލްތައް ހަދައިގެން ސޯޝަލްމީޑިއާގައި އުޅޭ މީހުންނާމެދު ސަމާލުވާން ވެސް ފުލުހުން މިއަދު ވަނީ އެދިފައެވެ.

comment ކޮމެންޓް