މި އަހަރުގެ ލިވިން އެކްސްޕޯގައި ވެސް އެމްއައިބީން ބައިވެރިވާނެ

އޮކްޓޯބަރ 1، 2019: ދިވެހި ރާއްޖޭގެ އިސްލާމިކް ބޭންކް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި އަހަރުގެ ލިވިން އެކްސްޕޯގައި މޯލްޑިވްސް އިސްލާމިކް ބޭންކުން ބައިވެރިވާނެ ކަމަށް އެބޭންކުން ބުނެފިއެވެ.

މި އަހަރުގެ ލިވިން އެކްޕޯ އޮންނާނީ މިމަހުގެ 10ކުން 12އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. އިސްލާމިކް ބޭންކުން އެ އެކްސްޕޯގައި މީގެ ކުރީގެ އަހަރުތަކުގައި ވެސް ބައިވެރިވެއެވެ.

އެ ބޭންކުން ބުނީ ލިވިން އެކްސްޕޯގައި ހުންނަ އެމްއައިބީގެ ސްޓޯލުން ގިނަ ހިދުމަތްތަކާ ބެހޭ މައުލޫމާތު ލިބޭނެކަމަށެވެ. އަދި، ބޭންކުގެ ކަމާގުޅޭ އެކި މުވައްޒަފުންނާ ސިދާ ބައްދަލުކޮށް، މައުލޫމާތު ހޯދޭނެ ފުރުސަތު ކަސްޓަމަރުންނަށް ލިބޭނެކަމަށެވެ.

ވަކީން ހާއްސަކޮށް ހައުސިން ފައިނޭންސިން އަދި އެބޭންކުގެ އެންމެ މަގްބޫލް އުޖާލާ ފެސިލިޓީއާއިބެހޭ މައުލޫމާތު އަދި އެ ބޭންކުގައި ފައިސާ ރައްކާ ކުރުމަށް ހުރި ފުރުސަތުތަކާއި ބެހޭ މައުލޫމާތުވެސް ލިބޭނެ ކަމަށް އިސްލާމިކް ބޭންކުން ބުނެއެވެ.

އެމްއައިބީގެ ހައުސިން ފެސިލިޓީއަކީ ޝަރުއީ އުސޫލުތަކުގެ ތެރެއިން ފަރުމާކޮށްފައިވާ ފެސިލިޓީއެކެވެ. މި ފެސިލިޓީގެ އެހީގައި ގިނަބަޔަކު ފްލެޓް ގަނެފައިވެއެވެ. ސަރުކާރުން އެންމެ ފަހުން ދޫކުރި ވިނަރެސް ފްލެޓް މަޝްރޫގެ ފްލެޓްތައް ފައިނޭންސް ކުރުމަށް ގިނަ ބަޔަކު އިހްތިޔާރު ކުރި ބޭންކަކީ އެމްއައިބީއެވެ.

comment ކޮމެންޓް