މަތި ކޮމަންޑޫ ހިއްކާ ނިމިއްޖެ

ށ. މަތިކޮމަންޑޫ

މިދިޔަ މަހުގެ 29ވަނަ ދުވަހު ފެށި ށ. މަތިކޮމަންޑޫ ބިން ހިއްކުމު މަސައްކަތް ނިންމާލައިފިއެވެ.

އެމްޓީސީސީން ބުނީ، މި މަޝްރޫއުގެ ދަށުން ކުރިއަށް ގެންދާ އެ ރަަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ވެސް 45 ޕަސަންޓު ނިމިފައި ވާކަމަށެވެ. އަދި ކޮމަންޑޫގެ ރިވެޓްމަންޓް ރެކްޓިފިކޭޝަންގެ މަސައްކަތް 52 ޕަސަންޓު ނިމިފައި ވާއިރު، މުޅި މަޝްރޫއުގެ 50 ޕަސަންޓު މިހާރު މިނިފައި ވާކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ދެ ކޮމަންޑޫ ބްރިޖަކުން ގުޅާލުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވައުދުފުޅެކެވެ.

ޖުމުލަ 249 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ބޮޑު މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ ދެ އަހަރު ތެރޭގައި ނިންމާގޮތަށެވެ.

އެ މަޝްރޫއުގެ ދަށުން އެމްޓީސީސީން ކޮމަންޑޫގައި 1،690 ކިލޯމީޓަރުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރާނެއެވެ. އޭގެ އިތުރުން 16.7 ހެކްޓަރުގެ ބިން މަތިކޮމަންޑޫން ހިއްކައި 1،520 މީޓަރުގެ ބޮޑުހިލައިގެ ފައިކަނި އަދި 112 މީޓަރުގެ ޖިއޯބޭގް ތޮށި މަތިކޮމަންޑޫގައި ގާއިމުކުރަން ވެސް ވަނީ ހަމަޖެހިފައެވެ.

މަތިކޮމަންޑޫ ބިން ހިއްކާ ނިމުމުން އެ ރަށާ އެއްފަޅެއްގައި އޮންނަ ކޮމަންޑޫއާ 200 މީޓަރުގެ ދިގުމިނުގެ ލިންކަކުން ގުޅާލާނެއެވެ.

comment ކޮމެންޓް