41 ރިސޯޓުގައި ވޯޓު ފޮށި ބަހައްޓާނެ، އަދަދު އިތުރުވާނެކަން ޔަގީން: އީސީ

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓު ގުނުން ކުރިއައްދަނީ -- ސަންފޮޓޯ/ ނާއިލް ހުސައިން

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި 41 ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓަން މިހާތަނަށް ހަމަޖެހިފައިވާ ކަމަށާއި މި އަދަދު އަދި އިތުރު ވާނޭކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވެއްޖެއެވެ.

ރިސޯޓު ތަކުގައި ވޯޓިފޮށި ބެހެއްޓޭނީ އެ ރިސޯޓަކުން މަދުވެގެން 30 މީހުން ރީރެޖިސްޓާ ވާން ހުށަލަޅައިފިނަމައެވެ. ހަބީބް ވިދާޅުވީ، ބައެއް ރިސޯޓުތަކުން މިހާރު ވެސް 20 އަށް ވުރެ ގިނަ މީހުން ރީރަޖިސްޓާ ވެފައިވާ ކަމަށެވެ.

ހަބީބް ވިދާޅުވީ، ވޯޓުފޮށި ބަހައްޓަން ބޭނުންވެގެން ހުށަހެޅި 75 ރިސޯޓުގެ ތެރެއިން، ވޯޓުފޮށި ބަހައްޓަން ބޭނުންވާ މިންވަރަށް 41 ރިސޯޓަކުން ރީރަޖިސްޓާ ކޮށްފައިވާ ކަމަށެވެ.

"ރީރެޖިސްޓްރޭޝަން ނިމޭނިއިރު މި އަދަދު ހަމަ ޔަގީނުން ވެސް ބަދަލު ވާނެ،" އޭނާ ވިދާޅުވިއެވެ.

ރީރެޖިސްޓްރޭޝަނަށް މިދިޔަ މަހުގެ 16 ވަނަ ދުވަހު ހުޅުވާލި އިރު، މިއަދަކީ ރީރެޖިސްޓާ ވުމުގެ ފަހު ދުވަހެވެ. އެހެންކަމުން ހަބީބް ވަނީ ވީހާ ވެސް އަވަހަށް ރީރެޖިސްޓާ ވުމަށް އިލްތިމާސް ކުރައްވާފައެވެ.

އޭނާ ވިދާޅުވީ ބައެއް މީހުން ރެޖިސްޓާ ކޮށްފައި އޮންނަ ތަން ނުބަލާ ރީރެޖިސްޓާ ވާން އެދޭ ކަމަށެވެ.

"އެހެން ވެއްޖެއްޔާ ވާނީ ރިޖެކްޓް،" އޭނާ ވިދާޅުވިއެވެ.

އެހެންކަމުން ރީރެޖިސްޓާ ވުމުގެ ކުރިން 1414އަށް ގުޅާ ރެޖިސްޓާ ވެފައިވާ ތަން ޔަގީން ކުރުމަށް ހަބީބް ވަނީ އިލްތިމާސް ކުރައްވާފައެވެ.

https://sun.mv/180263

އީސީން އިއްޔެ ބުނެފައި ވަނީ ވޯޓުފޮށި ބެހެއްޓުމަށް މިހާތަނަށް ކަށަވަރު ވެފައި ވަނީ ހަތަރު ގައުމެއްގައި ކަމަށެވެ. އެއީ އިނގިރޭސި ވިލާތާއި، މެލޭޝިއާ އަދި އިންޑިއާގެ ޓްރިވޭންޑްރަމްގެ އިތުރުން ސްރީލަންކާގެ ކޮލަމްބޯގައެވެ.

comment ކޮމެންޓް