ޖަޕާނުގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގަންނަވަނީ

ޖަޕާނުގެ ފޮރިން މިނިސްޓަރު ހަޔާޝީ ޔޮޝިމާސާ /

ޖަޕާނުގެ ފޮރިން މިނިސްޓަރު ހަޔާޝީ ޔޮޝިމާސާ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ.

އަންނަ ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހު މިނިސްޓަރު ހަޔާޝީ ކުރައްވާ މި ދަތުރުފުޅަކީ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ފޮރިން މިނިސްޓްރީން ބުނީ، މިނިސްޓަރު ހަޔާޝީގެ މި ދަތުރުފުޅުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާ ބައްދަލު ކުރެއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.

އަދި، ރާއްޖެއާއި ޖަޕާނާ ދެމެދު ކުރިއަށްގެންދާ ޕްރޮޖެކްޓް ފޯ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަޝިޕް (ޖޭޑީއެސް)ގެ ދަށުން އެކްސްޗޭންޖް އޮފް ނޯޓްސް ބައްލަވާލެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ޖަޕާނު ސަރުކާރުގެ އިސް އޮފިޝަލަކު އެންމެ ފަހުން ރާއްޖެ ވަޑައިގެންނެވީ 2018 ވަނަ އަހަރެވެ. އެއީ އެ ގައުމުގެ އޭރުގެ ޚާރިޖީ ވަޒީރު ތާރޯ ކޯނޯ އެވެ.

މިނިސްޓަރު ހަޔާޝީގެ މި ދަތުރުފުޅަކީ އެއަށްފަހު ޖަޕާނު ސަރުކާރުގެ އޮފިޝަލަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ މަތީ ފަންތީގެ ދަތުރުފުޅެވެ.

comment ކޮމެންޓް