ހަށިވިއްކުމުގެ މައްސަލައެއްގައި ދެ ދިވެހިންނާއެކު ބިދޭސީންތަކެއް ހައްޔަރުކޮށްފި

ފުލުހުން ގެއެއް ބަލައި ފާސްކުރުން -- ފައިލް ފޮޓޯ

މާލޭގައި ހަށިވިއްކަމުން އަންނަކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނަކުން ދެ ދިވެހިން ހިމެނޭ ގޮތަށް ފަސް މީހަކު ހައްޔަރުކޮށްފިއެވެ.

މީޑިއާތަކަށް މި އޮޕަރޭޝަނުގެ މައުލޫމާތު ހިއްސާކުރަމުން ފުލުހުން ބުނީ އޮޕަރޭޝަން ހިންގީ މާލޭ، އަލޯރާ ސްޕާ އެންޑް ސެލޫނުގައިކަމަށެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 38 އަހަރާއި 39 އަހަރުގެ ދެ ދިވެހި ފިރިހެނުންނެވެ. ދެން ހައްޔަރުކޮށްފައިވަނީ 34 ހަތަރު އަހަރުގެ ބިދޭސީ ދެ އަންހެނުންނާއި، 43 އަހަރުގެ ބިދޭސީ އަންހެނަކެވެ.

ފުލުހުން ބުނި ގޮތުގައި ހައްޔަރުކުރިއިރު އޭގެ ތެރެއިން ބައެއް މީހުން ހެދުން އަޅައިގެން ތިބީ ނިވާކަން ކުޑަވާހެންނެވެ.

މަސާޖު ޕާލާތަކާއި ސްޕާތަކުގައި ހަށިވިއްކުމަކީ އާންމުވެފައިވާ، ބޮޑު މައްސަލައެކެވެ. އެ ފަދަ ތަންތަނުގެ އިޝްތިހާރުތައް ސޯޝަލް މީޑިއާގައި ވެސް އަންނަނީ ދައުރުކުރަމުންނެވެ.

comment ކޮމެންޓް