އެކުވެރި ފުޓްސަލް ޗެލެންޖުގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ

އެކުވެރި ފުޓްސަލް ޗެލެންޖު 2023ގެ ޑިޖިޓަލް ޕާޓްނަރަކީ އުރީދޫ -- ފޮޓޯ/ އުރީދޫ

މ. ދިއްގަރުގައި ބާއްވާ އެކުވެރި ފުޓްސަލް ޗެލެންޖު 2023ގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ ހަމަޖައްސައިފިއެވެ.

މިއީ ދިއްގަރުގެ އެކުވެރި ގުޅުން ޖަމިއްޔާއިން އިސްނަގައިގެން ބާއްވާ ފުޓްސަލް މުބާރާތެކެވެ. އިއްޔެ ފެށި މި މުބާރާތުގެ ފައިނަލް މެޗު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ ބުރާސްފަތި ދުވަހެވެ.

މި މުބާރާތަކީ މ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ. މިއީ މ. އަތޮޅުގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ.

ދިއްގަރުގައި ވަނީ މި މުބާރާތުގެ ފެށުން ކުލަގަދަކޮށް ފާހަގަކޮށްފައެވެ.

comment ކޮމެންޓް