އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ސްކޮޑުގެ އިއުލާންކޮށްފި

އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕް 2023ގައި ވާދަކުރާ ރާއްޖޭގެ އެތުލީޓުން -- ފޮޓޯ/ އެތުލެޓިކްސް އެސޯސިއޭޝަން

އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ސްކޮޑު އިއުލާންކޮށްފިއެވެ.

މިމަހުގެ 12 އިން 16 އަށް ތައިލެންޑުގައި ބާއްވާ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ވާދަކުރަނީ އަށް ފިރިހެން އެތުލީޓުންނާއި ހަތް އަންހެން އެތުލީޓުންނެވެ.

ރާއްޖޭގެ ސްކޮޑުގައި ހިމެނޭ ފިރިހެން އެތުލީޓުންނަކީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދާއި ހުސެއިން ފަޒީލް ހާރޫނާއި ހުސައިން ރިޒާ އާއި އިބްރާހިމް ނާހިލް ނިޒާރާއި އަހުމަދު ނަޖުދާން އަބްދުﷲ އާއި އާދަމް ރިފްއަތާއި ނުޖޫމް ހުސައިން އަދި މުހައްމަދު ރަޝީދެވެ.

އަންހެން އެތުލީޓުންގެ ތެރޭގައި ހިމެނެނީ އަހުނާ ނިޒާރާއި މަރިޔަމް އަލްހާ ހުސައިނާއި އައިޝަތު ސަބާ ސަލީމާއި ޒިވާ މޫސާ ޝަފީއު އާއި އާމިނަތު ލަޔާނާ މުހައްމަދާއި ހައްވާ މުޒްނާ ފާއިޒް އަދި ފަސޫހާ އަހުމަދެވެ.

ރާއްޖޭގެ އެތުލީޓުން އޭޝިއަން ޗެމްޕިއަންޝިޕަށް ނުކުންނާނީ ތަމްރީނުތަކަކަށްފަހުއެވެ. ހާއްސަކޮށް ރާއްޖޭގެ ޒުވާން އެތުލީޓުން ވަނީ ގިނަ ތަމްރީނުތަކެއް ފުރިހަމަކޮށްފައެވެ.

comment ކޮމެންޓް