މިރޭ މުޅި ވިލިމާލެއިން ފެނުގެ ޚިދުމަތް މެދުކެނޑޭނެ

ވިލިމާލެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިރޭ މުޅި ވިލިމާލެއިން ފެނުގެ ޚިދުމަތް މެދު ކެނޑޭނެކަމަށް އެމްޑާބްލިއުއެސްސީ އިން ބުނެފިއެވެ.

އެމްޑަބްލިއުއެސްސީ އިން ބުނީ ފެނުގެ ޚިދުމަތް މެދު ކެނޑޭނީ މިރޭގެ 11:45އިން މެންދަމު 2:00 ހަމައަށް ކަމަށެވެ.

އެ ވަގުތުތަކުގައި ފެނުގެ ޚިދުމަތް މެދުކެނޑޭ ސަބަބަކީ ވިލިމާލޭ ފެނުގެ ސިސްޓަމް އަޕްގްރޭޑިންގެ މަސައްކަތަކަށް ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

އަދި, މި ކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަކަށް ކުންފުނީގެ ފަރާތުން ވަނީ މައާފަށް އެދިފައެވެ.

comment ކޮމެންޓް