އެޑްވަޓޯރިއަލް: ޢުމްރާއަށް ޔަލަމްލަމް ގްރޫޕުން ދެނީ އެއްވަނައިގެ ޕެކޭޖެއް!

ޔަލަމްލަމް ޙައްޖު އެންޑް ޢުމްރާ ކޮމްޕެނީގެ ހަވާލުގައި އުމްރާގައި -- ފޮޓޯ/ ޔަލަމްލަމް ޙައްޖު އެންޑް ޢުމްރާ

ޔަލަމްލަމް ޙައްޖު އެންޑް ޢުމްރާ ކޮމްޕެނީ އަކީ ޙައްޖަށާއި ޢުމްރާއަށް މީހުން ގެންދިއުމުގެ މަޤްސަދުގައި ރަޖިސްޓަރީކޮށް، މަސައްކަތް ކުރަމުން އަންނަތާ ގިނަ ދުވަސްތަކެއްވެފައިވާ ކުންފުންޏެވެ. ނަމަވެސް ޙައްޖަށް މީހުން ގެންދެވޭނީ އެކަމަށް ސަރުކާރުން ކޯޓާ ލިބިއްޖެނަމަ، އެ ހުއްދަ ލިބުނު އަހަރަކުއެވެ. އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން މިހާރު ވެސް ވަނީ އެ ކުންފުންޏަށް ދީފައެވެ

އެ ކުންފުނީގެ މެނެޖްމަންޓަކީ ތިރީހަކަށް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ބަޔަކު ޝާމިލުވާ މެނެޖްމަންޓެކެވެ. ޔަލަމްލަމް ގްރޫޕަކީ މި ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކޮށް، ތަޖުރިބާ ލިބިފައިވާ ބޭފުޅުންގެ އިތުރުން، ޒުވާން ޓީމެއްގެ ހިންގުންތެރި ކަމާއެކު ޚިދުމަތްދެމުން އަންނަ ޖަމާއަތެކެވެ.

ކުންފުނީގެ ހުރިހައި ޚިދުމަތްތަކެއް ވެސް ފޯރުކޮށްދެވޭތޯ ބަލަނީ އޯގާތެރިކަމާއި، އިޚުލާސްތެރިކަމާ އެކުގައެވެ. ދެ ޖިންސުގެ ޒުވާން ޓީމެއްގެ ހިންގުންތެރި ކަމުގެ ދަށުންނެވެ.

ޔަލަމްލަމްގެ ކޮންމެ ޢުމްރާ ދަތުރެއްގައި ވެސް ދީނީ އިރުޝާދު ދެއްވާނޭ އިމާމަކު ހުންނަވާނެއެވެ. އަދި އެ ބޭފުޅަކު ޖަމާޢަތާއެކު މައްކާއަށް ވަޑައިގެން ދީނީ އިރުޝާދު ދެއްވުމާއި، ދަރުސް ދެއްވުމުގެ ޕްރޮގްރާމްތައް ވެސް ހިންގަވާނެއެވެ. މައްކާގައި އަދާކުރައްވާ ދީނީ އަޅުކަން އަދާ ކުރެއްވުމުގައި ޖަމާޢަތުގެ އިމާމުގެ އެހީތެރިކަމުގެ އިތުރުން ޖަމާޢަތުގެ އެހީތެރިންގެ އަޅައިލުން ލިބޭނެއެވެ.

ޔަލަމްލަމް ޙައްޖު އެންޑް ޢުމްރާ ކޮމްޕެނީގެ ހަވާލުގައި އުމްރާގައި -- ފޮޓޯ/ ޔަލަމްލަމް ޙައްޖު އެންޑް ޢުމްރާ

މީގެ އިތުރުން ޑޮކްޓަރުންނާއި، ނަރުހުންވެސް ތިބޭނެއެވެ. މައްކާގައި ތިބޭއިރު، ދިވެހި ކައްކާއިންގެ އެހީތެރިކަމާއެކު ދިވެހި ރަހަތައް ވީހައި ވެސް ގިނައިން ބެހެއްޓުމަކީ އަބަދު ވެސް ޖަމާޢަތުން އިސްކަންދޭނޭ ކަމެކެވެ.

ޢުމްރާ ދަތުރުތައް ހަމަޖެއްސުން

ޖަމާޢަތުގެ ފަރާތުން ކޮންމެ އަހަރަކު ވެސް ޢުމްރާ ދަތުރުތައް ހަމަޖައްސަނީ ޙައްޖު މޫސުން ނިމި ހިޖުރީ އައު އަހަރަށް ސަޢޫދީ ސަރުކާރުން ޢުމްރާ ވިސާ ދޫކުރަން ފަށާ ތާރީޚުން ފެށިގެންނެވެ. އެގޮތުން މިއަހަރު ވެސް ގިނަ ދަތުރުތަކެއް ވަނީ ރޭވިފައެވެ.

ދެން އެންމެ އަވަހަށް ޢުމްރާ އޮންނާނީ މި މަހުގެ ތެރޭގައާއި، އޮކްޓޯބަރު މަހުގެ ތެރޭގައެވެ. މި ދެ ދަތުރަކީ ވެސް ވީއައިޕީ ދެ ދަތުރެވެ.

އާއްމުކޮށް ބާއްވާ ޢުމްރާ ދަތުރުތައް އޮންނަ ދުވަސްވަރު:

1. ޖުލައިމަހުގެ ސްކޫލް ބަންދާ ދިމާކޮށް ކޮންމެ އަހަރަކުވެސް ބާއްވާ ޢުމްރާ ދަތުރު

2. ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ ސްކޫލް ބަންދާ ދިމާކޮށް ބާއްވާ ޢުމްރާ ދަތުރު

3. ކޮންމެ އަހަރަކު ރަމަޟާން މަހު ބާއްވާ ޢުމްރާ ދަތުރު.

މި ދުވަސްތަކުގައި ޢުމްރާ ދަތުރުތައް ހަމަޖެހިފައިހުރި ނަމަވެސް، ބައެއް ބޭފުޅުން އެ ބޭފުޅުންނަށް ފަސޭހަ މަހެއްގައި ކުރު ޢުމްރާ ދަތުރުތައް ކުރައްވަން ބޭނުންފުޅުވާތީ އެފަދަ ވީއައިޕީ ޕެކޭޖުތައް ވެސް މިހާރުވަނީ ތަޢާރަފު ކުރެވިފައެވެ.

މި ޖަމާޢަތުގެ ފަރާތުން ޢާއްމުކޮށް ކުރާ ޢުމްރާ ދަތުރުތަކުގައި ބޭނުންފުޅުވާ ބޭފުޅުންނަށް ޠާއިފު ދަތުރާއި، މައްކާގެ ތަންތަން ބަލައިލަން ގެންދިއުމާއި، މަދީނާއަށް ޒިޔާރަތް ކުރުމާއި، މަދީނާގެ ތަންތަން ބަލައިލަން ދިއުމާއި، ރައުޟާއަށް ގެންދިއުމާއި، ޤުބާ މިސްކިތަށް ގެންދިއުންފަދަ ކަންކަން ވެސް ޕެކޭޖުގެ ތެރޭގައި ހިމަނައި ދެވިދާނެއެވެ.

އަޅުގަނޑުމެންގެ ޢާންމު ޢުމްރާ ދަތުރުތަކުގައި ވެސް، އަދި މިއަހަރު މި ތަޢާރަފުކުރާ ވީއައިޕީ ޢުމްރާ ދަތުރުގައި ވެސް ވިސާ ހަމަޖައްސައި ދިނުމާއި ހޮޓާ ހަމަޖައްސައި ދިނުމާއި ފޮއްޓާއި، އަތްދަބަހާއި، ފިރިހެން ބޭފުޅުންނަށް އިޙުރާމްފަދަ ތަކެތި ވެސް ދޫކުރާނެއެވެ.

ވީއައިޕީ ޕެކޭޖް

މި ޖަމާޢަތުގެ ފަރާތުން މިއަހަރުން ފެށިގެން ވީއައިޕީ ޕެކެޖް ގެ ގޮތުގައި ޢުމްރާ ދަތުރުތަކެއް ވަނީ ތަޢާރަފު ކޮށްފައެވެ. މި ޕެކްޖްތަކުގައި ވަޑައިގަންނަވަން ބޭނުންފުޅުވާ ބޭފުޅުންނަށް ކްލޮކް ޓަވަރުގައި ތިއްބެވުމުގެ އިންތިޒާމްތައް ވެސް ފަހި ކޮށްދެވޭނެއެވެ. މި ދަތުރު ތަކަކީ ޙައްޖު މޫސުން ފިޔަވައި، އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް ކުރެއްވިދާނެ ދަތުރުފުޅު ތަކެކެވެ.

ޔަލަމްލަމް އޮފީހުގެ މޮބައިލް ނަންބަރަކީ 9115717 އެވެ. އޮފީސް ހުންނާނީ މ. މިސުރުގަނދަކޯޅިގޭ ތިރީބައިގައެވެ. ހުޅުވިފައި ހުންނާނީ ހުކުރު ދުވަހުގެ ރޭ ފިޔަވައި ކޮންމެ ރެއަކު ވެސް 8:30 އިން ފެށިގެން 10.00 އަށެވެ.

comment ކޮމެންޓް