ދަމާސްގެ މި ސޭލް ސަޅި، 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް!

ދަމާސްގެ އިންޑެކްސް ފަރުނީޗަރު

ދަމާސްއިން ހުރިހާ ފަރުނީޗަރުތަކުން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި މަހުގެ 10 އަކުން މި އަންނަ މަހުގެ 31ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގެ ދަށުން، ހުރިހާ ފަރުނީޗަރަކުން ވެސް ޑިސްކައުންޓް ލިބޭނެއެވެ. އޭގެ ތެރޭގައި ބައެއް ފަރުނީޗަރުތަކުން 50 ޕަސެންޓާ ހަމައަށް ވެސް ޑިސްކައުންޓް ލިބޭނެއެވެ.

"ދަމާސް މިޑް އިޔާ ސޭލް"ގެ ނަމުގައި ކުރިއަށްދާ މި ޕްރޮމޯޝަނުގެ ދަށުން ކަސްޓަމަރުން ކުރާ ކޮންމެ ވިޔަފާރިއަކަށް 500 ރުފިޔާގެ ކޫޕަންއެއް ލިބޭނެއެވެ.

މި ޕްރޮމޯޝަނުގައި ބައިވެރިވެގެން ބޮޑު ތިން އިނާމެއް ހޯދުމުގެ ފުރުސަތު ވެސް ވަނީ ހުޅުވިފައެވެ.

- އެއްވަނަ އިނާމު: ސޯފާ ސެޓެއް
- ދެވަނަ އިނާމު: ސްޓަޑީން ޓޭބަލް އަދި ކަބަޑްއެއް
- ތިންވަނަ އިނާމު: ޓީވީ ރެކްއެއް

މި ޕްރޮމޯޝަނަކީ އަލަށް ފްލެޓް ފަދަ ތަންތަނަށް ބަދަލުވާ ފަރާތްތަކަށް ލިބޭނެ ރަނުގެ ފުރުސަތެކެވެ. އެގޮތުން މި ޕްރޮމޯޝަނުގެ މަގްސަދަކީ ވެސް އެފަދަ ފަރާތްތަކަށް އަގުހެޔޮކޮށް، ފަސޭހަކަމާ އެކު ގެއަށް ބޭނުންވާ ފަރުނީޗަރު ހޯދައިދިނުން ކަމަށް އެކުންފުނިން ބުންޏެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ އެ ކުންފުނީގެ ފަރުނީޗަރު ފިހާރަތަކުގައެވެ. އެއީ ދަމާސް ހޯމް (ވައިލެޓް މަގު)، ދަމާސް އޮފީސް ފަރުނީޗާ (މަޖީދީ މަގު) އަދި އިންޑެކްސް ފަރުނީޗާ (ހަނދުވަރީ ހިނގުން އަދި އިރަމާ މަގު ގުޅޭ ކަންމަތި)އެވެ.

comment ކޮމެންޓް