ލޭ ހަދިޔާ ކުރުމުގެ ދުވަހާ ގުޅިގެން ލައިފް ސަޕޯޓުގެ މުވައްޒަފުން ލޭ ހަދިޔާކޮށްފި

ދުނިޔޭގެ ލޭ ހަދިޔާކުރާ ދުވަހާ ގުޅުވައި ލައިފް ސަޕޯޓުގެ މުވައްޒަފުން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ.

ތެލެސީމީއާ ސެންޓަރަށް މުވައްޒަފުން ލޭ ހަދިޔާ ކުރުމާ ގުޅިގެން ލައިފް ސަޕޯޓުން ބުނީ، ލޭ ހަދިޔާ ކުރުމުގެ ހަރަކާތް ކުރިއަށް ގެންދިޔައީ އެކަމުގެ މުހިންމު ކަމުގެ ސަބަބުން ކަމަށެވެ.

"ލޭ ހަދިޔާކުރަން ކުޑަ ވަގުތުކޮޅެއް ނެގި ނަމަވެސް އެހެން މީހަކަށް ލޭ ދެނީ ފުރާނަ ސަލާމަތް ކުރުމަށް ތިބާގެ ލޭ އަގުނުކުރެވޭތީ އާއި ހަމައެކަނި ލޭ ހަދިޔާކޮށްގެން އެހެން މީހަކަށް ދިރިއުޅުމެއް އުޅެން ފުރުސަތު ލިބޭތީ،" ލައިފް ސަޕޯޓުގެ މީޑިޔާ އޮފިޝަލް ވިދާޅުވިއެވެ.

މިއަދު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އެ ކުންފުނީގެ އިސްވެރިން ވެސް ބައިވެރިވިއެވެ.

ރާއްޖެއަށް މެޑިކަލް ބޭސް ސަޕްލައިކޮށް، ފާމަސޫޓިކަލް ޚިދުމަތް ދޭ އެންމެ ބޮޑު އެއް ކުންފުނި ކަމުގައިވާ ލައިފް ސަޕޯޓް އުފެއްދީ 2011 ވަނަ އަހަރެވެ. މި ވަގުތު ވެސް އެ ކުންފުނީގެ ދަށުން ގްރޭޓާ މާލެ އޭރިއާގައި ހަތަރު ފާމަސީގެ ޚިދުމަތް ދެމުންދާ އިރު، ނިލަންދޫގެ އިތުރުން އައްޑޫ ސިޓީގައި އެކުންފުނީގެ ފާމަސީއެއް ހުރެއެވެ.

ލައިފް ސަޕޯޓުން ރާއްޖެއަށް ތަޢާރަފުކޮށް އަދި ސަޕްލައިކުރާ ބައެއް މަޝްހޫރު ޕްރޮޑަކްޓް ބްރޭންޑްތަކާއި އުފެއްދުންތަކުގެ ތެރޭގައި ޕިޖަން، ޖީއީ މެޝިން، ޕްރިމް، ސިނޯ މެރީން އަދި ބެއްލާ ހިމެނެއެވެ. މި އުފެއްދުންތަކާ އެކު ލައިފް ސަޕޯޓަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ލިބިފައިވާ ކުންފުންޏެކެވެ.

comment ކޮމެންޓް