އުރީދޫގެ އެމްފައިސާ އޮޑިއެޕްގައި ވެސް ބޭނުންކުރެވޭނެ

ރާއްޖޭގެ މަޝްހޫރު ސްޕީޑް ބޯޓް ޓިކެޓިން އެޕް، އޮޑި އެޕް އިން އުރީދޫގެ އެމްފައިސާ ބޭނުން ކުރަން މިއަދު ފަށައިފިއެވެ.

މާގިރި ހޮޓެލްގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، އުރީދޫ އާއި އެމްފައިސާއާ ރަސްމީކޮށް ސޮއިކޮށް، މިކަން ވަނީ ޢިއުލާންކޮށްފައެވެ. މި ޙަފުލާގައި އުރީދޫގެ ސީއީއޯ ޚާލިދު އަލް ހަމާދީގެ އިތުރުން، އޮޑިއެޕްގެ ފައުންޑަރުން ބައިވެރިވިއެވެ.

މި ޙަފުލާގައި ވާހަކަދައްކަވަމުން އުރީދޫގެ ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ، މުޅި ރާއްޖޭގައި ވަށައިގެން ކަނޑު އޮންނައިރު، މިފަދަ ޓިކެޓިން އެޕެއް އޮތުމަކީ މުހިއްމު ކަމެއް ކަމަށެވެ. އެހެންކަމުން، އޮޑި އެޕާއި އެއްކޮށް މިފަދަ ފަސޭހަތަކެއް ޢާންމުންނަށް ގެނެސްދެވުމުން އުފާކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްފައިސާ ތައާރަފުކުރުމާ ގުޅިގެން އޮޑި އެޕްގެ އެއް ފައުންޑަރު ވިދާޅުވީ އޮޑި އެޕް ބޭނުންކުރާ ފަރާތްތަކަށް، އެކި ޚިދުމަތްތަކަށް ފައިސާ ދެއްކުމަށް ލިބޭނެ އިތުރު ފަސޭހައެއް ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް