ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އިން އަންނަ ހޮނިހިރު ދުވަހު އާޓިފިޝިއަލް ބީޗްގައި "ފަހި ދުވަސް" ބޭއްވުމަށް ނިންމައިފިއެވެ.
މި އިވެންޓު ކުރިއަށް ދާނީ ޔުނިވާސިޓީގެ ހުރިހާ ފެކަލްޓީ ސެންޓަރުތަކާ ބެހޭ މަޢުލޫމާތު ފޯރުކޮށްދެވޭ ގޮތަށް، ހޮނިހިރު
ދުވަހުގެ ހަވީރު 4:00 ރޭގަނޑު 10:00 އަށެވެ.
މި އިވެންޓުގެ ތެރޭގައ،ި އޭލެވެލް އަދި އެހެނިހެން ނަތީޖާ ލިބިފައިވާ ދަރިވަރުންނަށް ޔުނިވާސިޓީގެ ކޯސްތަކަށް ކުރިމަތިލުމަށް ފޯމު ބަލައިގަތުން ކުރިއަށް ދާނެއެވެ.
އަދި، ޔުނިވާސިޓީގެ ފަންނީ ދާއިރާތަކުގެ ލެކްޗަރާއިން، އެ ބޭފުޅުންގެ ދާއިރާތަކުން މަތީ ތަޢުލީމު ހާސިލުކުރުމަށް ހުރި ފުރުސަތުތަކާ ބެހޭ މަޢުލޫމާތާއ،ި މަތީ ތަޢުލީމު ހާސިލުކުރުމަށް ވާންޖެހޭ ތައްޔާރީތަކުގެ މަޢުލޫމާތު އިވެންޓުގައި ބައިވެރިވާ މީހުންނާ ހިއްސާ ކުރާނެއެވެ.
މި އިވެންޓް ކުރިއަށް ދިއުމަށް ހަމަޖެހިފައިވަނީ ތަފާތު އެކިއެކި މުނިފޫހި ފިލުވުމުގެ ހަރަކާތްތަކާ އެކުއެވެ.
"ފަހި ދުވަސް" އިވެންޓުގައި މަޢުލޫމާތު ފޯރުކޮށް ދެ ދާއިރާތަކުގެ ތެރޭގައ،ި ބަހާއި އިންސާނީ ޢިލްމުތަކުގެ ދާއިރ،ާ ތަޢުލީމީ ދާއިރ،ާ އިންޖިނީއަރިން ދާއިރ،ާ ޞިއްޙީ ދާއިރ،ާ ފަތުރުވެރިކަމާއި މެހެމާނުދާރީގެ ދާއިރާ، ދީނީ ޢިލްމުގެ ދާއިރ،ާ ސައިންސްގެ ދާއިރ،ާ ޝަރީޢަތާއި ޤާނޫނުގެ ދާއިރާ، ވިޔަފާރީގެ ދާއިރާ، ނިޔެމިކަމުގެ ދާއިރާ، އަދި، ފައުންޑޭޝަން ކޯސްތައް ހިމެނެއެވެ.