ޖަވާބު ކުންފުނިން ލޯފަން މީހުންނަށް ޚާއްސަ އެޕްލިކޭޝަނެއް އުފައްދަނީ

ދިވެހިން ލިޔެފައި ހުންނަ ލިޔުންތައް އޯޑިއޯއަށް ބަދަލުކޮށްދޭ އެޕްލިކޭޝަނެއް އުފެއްދުމަށް "ޖަވާބު" ކުންފުންޏާއި ބީވީއައިއެސްއެމް އެއްބަސްވުމުގައި ސޮއިކުރުން --

ދިވެހިން ލިޔެފައި ހުންނަ ލިޔުންތައް އޯޑިއޯއަށް ބަދަލުކޮށްދޭ އެޕްލިކޭޝަނެއް އުފެއްދުމަށް "ޖަވާބު" ކުންފުންޏާއި ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބީވީއައިއެސްއެމް)އިން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެޕްލިކޭޝަން ތައްޔާރު ކުރަން ނިންމާފައި ވަނީ، ބީވީއައިއެސްއެމްއަށް ޔޫއެންޑީޕީގެ މިޔަހެލި ޕްރޮޖެކްޓުގެ ދަށުން ލިބުނު ފަންޑުންނެވެ. މި ޕްރޮޖެކްޓަށް 300،000 ރުފިޔާ ޚަރަދުވާއިރު "ޖަވާބު" ކުންފުނިން އަމާޒު ހިފާފައި ވަނީ ހަ މަސްދުވަހުގެ ތެރޭގައި މި އެޕްލިކޭޝަންގެ މަސައްކަތް ނިންމާލުމަށެވެ.

މި އެޕްލިކޭޝަން ބޭނުންކޮށްގެން ފޯނުގެ ސްކްރީނުން ފެންނަ ދިވެހި ލިޔުންތަކުގެ އޯޑިއޯ ވަގުތުން އަޑުއަހާލެވޭނެއެވެ. އަދި ދިވެހި ޕީޑީއެފް އާއި ދިވެހިން ލިޔެފައި ހުންނަ އެއްޗެއްގެ ފޮޓޯ ނަގާލުމުން އެ އެއްޗެއް ވެސް އޯޑިއޯކޮށް އަޑުއަހާލެވޭނެއެވެ.

ޖަވާބު ކުންފުނިން ބުނި ގޮތުގައި، މި އެޕްލިކޭޝަންގެ ސަބަބުން ލޯފަން މީހުންނަށް ވަރަށް ބޮޑު ލުއިތަކެއް ލިބޭނެއެވެ.

comment ކޮމެންޓް