ކެނެޑާއަށް ސައިބާ ހަމަލާތަކުގެ ނުރައްކާ ބޮޑު: ޑިފެންސް މިނިސްޓަރު

ސިންގަޕޫރު (ޖޫން 3) - ކެނެޑާގެ މުހިންމު އިންފްރާސްޓްރަކްޗާއަށް ސައިބާ ހަމަލާތައް އަމާޒުވަމުން އަންނަ ކަމަށާއި އެއީ ދުނިޔޭގެ ހަތަރު ވަނަ އަށް އެންމެ ބޮޑު ތެޔޮ އުފައްދާ ގައުމުގެ އިގްތިސާދަށް ބޮޑު ނުރައްކަލެއް ކަމަށް ކެނެޑާގެ ޑިފެންސް މިނިސްޓަރު އަނީތާ އާނަންދު ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން މިދިޔަ މަހު އިންޒާރު ދީފައި ވަނީ ޗައިނާގެ ހެކިން ގްރޫޕަކުން އެފަދަ ނެޓްވޯކްތަކަށް ޖާސޫސް ކުރާކަން ސައިންސްވެރިންނަށް އެނގުމާ އެކު ތެލާއި ގޭހުގެ ޕައިޕްލައިންތަކާއި ރޭލް ސިސްޓަމްތަކާ ދެކޮޅަށް ސައިބާ އެޓޭކް ތައް ފެށުމުގެ ގާބިލްކަން ޗައިނާ އަށް ލިބިފައިވާ ކަމަށެވެ.

ސިންގަޕޫރުގައި ކުރިއަށްދާ އޭޝިއާގެ ސެކިއުރިޓީ ސަމިޓުގެ ހަވާސާގައި ދެއްވި އިންޓަވިއުއެއްގައި އާނަންދު ވިދާޅުވީ އުތުރު އެމެރިކާގެ އެކި ކަންކޮޅުތަކުގައި ސައިބާ ހަމަލާތައް އިތުރުވެފައިވާ ކަމަށާއި ނަމަވެސް އެ ހަމަލާތައް ސްޓޭޓް ސްޕޮންސާކޮށްފައިވާ އެއްވެސް އެކްޓަރަކަށް ނިސްބަތް ނުކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ގައުމުގެ ކްރިޓިކަލް އިންފްރާސްޓްރަކްޗާއަށް ހަމަލާތައް ދޭތަން އަޅުގަނޑުމެންނަށް ފެނިއްޖެ، އެހެންވެ ކެނެޑާގެ ޖަމިއްޔާތަކަށާއި ކެނެޑާގެ ކުންފުނިތަކަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ނަސޭހަތްތެރިވަން،" އާނަންދު ވިދާޅުވިއެވެ.

"އޭގެ ނުރައްކާ އަޅުގަނޑުމެންގެ އިޤްތިޞާދަށާއި ރައްޔިތުންގެ ފުރާނަ ޙިމާޔަތްކުރާ ނިޒާމުތަކަށް ވަރަށް ބޮޑުވެދާނެ," އޭނާ އިތުރަށް ވިދާޅުވިއެވެ.

ކެނެޑާއަކީ ދުނިޔޭގެ ބާޒާރުގައި ތެޔޮ ސަޕްލައި ކުރުމަށް މުހިންމު ބޮޑެތި ތެޔޮ ޕައިޕްލައިންތަކެއް ހުރި ގައުމެކެވެ. އެކްސްޒޯން މޮބިލް (އެކްސްއޯއެމް) ފަދަ މަލްޓިނޭޝަނަލް ހަކަތަ އުފައްދާ ކުންފުނިތައް އެޤައުމުގައި ހަރަކާތްތެރިވެއެވެ.

އާނަންދު މިހެން ވިދާޅުވީ އޭޝިއާގެ ސަލާމަތީ އެންމެ އިސް ބައްދަލުވުން ކަމަށްވާ ޝަންގްރިއްލާ ޑައިލޮގްގައި ވާހަކަ ދައްކަވަމުންނެވެ.

ޗައިނާގެ އަސްކަރީ އޮފިޝަލުން ތުހުމަތު ކުރާ ގޮތުގައި އެމެރިކާ އާއި އެ ގައުމުގެ ބައިވެރިން މި ކޮންފަރެންސް ބޭނުންކޮށްގެން ބެއިޖިންއާ ދެކޮޅަށް ގޭންގު ހަދައި އޭޝިއާ ޕެސިފިކް ސަރަހައްދުގައި ބައިބައިވުންތައް އުފެއްދުމަށް މަސައްކަތް ކުރެއެވެ.

ޗައިނާއަށް ސަމާލުވާން އެބަޖެހޭ، ދުނިޔޭގެ ބާރުތަކަށް އެ މީހުން ވަނީ ވަރަށް ބޮޑު ނުރައްކަލަކަށް ވެފައި،" ޗައިނާގެ ޝަކުވާތަކާ ބެހޭ ގޮތުން ސުވާލު ކުރުމުން އާނަންދު ވިދާޅުވިއެވެ.

comment ކޮމެންޓް