ގެއްލުނު ދެމައިން ފެނިއްޖެ، ހާލު ރަނގަޅު

ގެއްލިގެން އިއުލާނުކުރި އިހުސާނާ --

ދެ އަހަރުގެ ކުޑަ އަންހެން ދަރިފުޅާ އެކު ގެއްލިގެން ފުލުހުން އިއުލާނު ކުރި ހއ. އިހަވަންދޫ/ ނަސްރީނުގެ އާއިޝަތު އިހްސާނާ ފެނިއްޖެއެވެ.

ފުލުހުން އޭނާގެ އާއިލާއާ ހަވާލާދީ ދާދި ދެންމެއަކު ބުނީ، އިހްސާނާ އޭނާގެ އާއިލާށް ގުޅާފައި ވާކަމަށެވެ. އަދި އޭނާ އާއި ކުޑަ ދަރިފުޅުގެ ހާލު ވެސް ރަނގަޅުކަމަށް ބުނެފައި ވާކަމަށް ފުލުހުން ބުންޏެވެ.

އިހްސާނާގެ ޚަބަރެއް ނުވެގެން އާއިލާއިން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ.

ދެ ދުވަސް ވެގެން ދިޔައިރުވެސް އޭނާގެ ޚަބަރެއް ނުވުމުން ފުލުހުން މިއަދު ފޮޓޯ އާންމުކޮށް ބުނެފައިވަނީ އިހްސާނާ ގެއްލުނީ އޭނާގެ ދެ އަހަރުގެ އަންހެން ދަރިފުޅާ އެކުގައި ކަމަށެވެ.

comment ކޮމެންޓް