ހިޓާޗީން ފެބްރުއަރީ މަހު ލޯންޗުކުރި ދޮންނަ މެޝިން އެސްޓީއޯއިން ރާއްޖޭގެ ބާޒާރަށްނެރެ ޕްރޮމޯޝަނެއް ފަށައިފިއެވެ.
"ދޮވުނީ ހިކުނީ" ގެ ނަމުގައި، މި ޕްރޮމޯޝަން ކުރިއަށް ދަނީ 22 މޭ އިން ފެށިގެން 22 ޖޫން ގެ ނިޔަލަށެވެ.
މެޝިނާއެކު ހިލޭ މައިކްރޯވޭވް އަވަނެއް ލިބޭއިރު އެސްޓީއޯ ކްރެޑިޓް ސްކީމަށް އަދި އެހެން ސްކީމްތަކަށް ނަންގަވާ ބޭފުޅުންނަށްވެސް މި ޕްރޮމޯޝަންގެ ދަށުން އަވަން ލިބިލައްވާނެއެވެ.
ދިވެހިންގެ މެދުގައި މަގުބޫލު، އިތުބާރު ލިބިފައިވާ ހިޓާޗީ ދޮންނަ މެޝިނުގެ އާ ހަތަރު މޮޑަލްއެއްގެ މެޝިން، އެސްޓީއޯއިން މި ޕްރޮމޯޝަންގައި ވިއްކައެވެ.

ރާއްޖޭގެ މާހައުލާ ގުޅޭ މި މޮޑެލްތަކުގެ މެޝިންގައި ހިމެނެނީ ދޮވުމުގެ ގާބިލްކަން އަށް ކިލޯއިން ފެށިގެން 10.5 ކިލޯއާ ހަމައަށް އަދި ހިއްކުމުގެ ގާބިލްކަން ފަސް ކިލޯއިން ފެށިގެން ހަތް ކިލޯއާ ހަމައަށް ހުންނަ މެޝިން ތަކެކެވެ.
އިތުރަށް ހިއްކަން ނުޖެހި މެޝިނުން ކަބަޑަށްލެވޭވަރަށް ހިއްކާލެވޭއިރު، މި މެޝިންތަކަކީ ގިނަ ބްރޭންޑްތަކުގެ ފުލްޑްރައި މެޝިންތަކާ ބަލާއިރު އަގުގެގޮތުންވެސް ހެޔޮ މެޝިންތަކެކެވެ.

އެއް އަހަރު ދުވަހުގެ ގެރެންޓީއާއެކު ވިއްކާ މި މެޝިންތަކުގައި ހަކަތަރި ލޭބަލް ޖެހުމަށްވެސް ނިންމައިފައިވާކަމަށް އެސްޓީއޯއިން ބުނެއެވެ.