އެޑްވަޓޯރިއަލް: އައިވީއެފްއާ އެކު އާއިލާއެއް ބިނާކުރުމުގެ ހުވަފެން ހަގީގަތަކަށް

ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދަރިމައިވުމުގެ މައްސަަލަތަކަކީ ދެމަފިރިއެއްގެ ދިރިއުޅުމުގައި ދިމާވާވަރަށް ބޮޑު ގޮންޖެހުމެކެވެ. ނަމަވެސް ފާހަގަ ކޮށްލަންޖެހޭކަމަކީ މި ދަތިތަކުން އަރައިގަނެ އާއިލާއެއް ބިނާކުރުމަށް އެހީތެރިވެދޭ ތަފާތު ފަރުވާތަކެއް ވާކަމެވެ. އެގޮތުން ދިވެހިންގެ ތެރޭގައި މަގްބޫލު އެއްފަރުވާ ކަމަށްވާ އިން ވިޓްރޯ ފާރޓިލައިޒޭޝަން (އައި.ވީ.އެފް) ވެސް މީގައި ހިމެނެއެވެ.

ނިސްބަތުން ބަލާއިރު އައި.ވީ.އެފް އަކީ މިދިޔަ އަހަރުތަކުގައި ވަރަށް ބޮޑު ކާމިޔާބީއެއް ލިބިފައިވާ ފަރުވާއެކެވެ. އެގޮތުން އައި.ވީ.އެފްގެ ސަބަބުން ވަރަށް ގިނަ އަދަދެއްގެ ދެމަފިރިންނަށް ދަރިމައިވުމުގެ މައްސަލަތަކުން އަރައިގަނެވި، އާއިލާއެއް ބިނާކުރުމުގެ ފޮނި ހުވަފެން ހަގީގަތަކަށް ވެގެންގޮއްސިއެވެ.

އަ.ވީ.އެފް އަކީ އަނބިމީހާގެ އޯވަރީ އިން ބިހެއް ނަގައި ހަށިގަނޑުން ބޭރުން ލެބޯރަޓަރީއެއްގައި ފާރޓިލައިޒްކުރުމަށްފަހު ބިސް ރަހިމަށްލައްވައިގެން ދެވޭ ފަރުވާއެކެވެ. އައިވީއެފް ޕްރޮސެސްގެ ތެރޭގައި ފާރޓިލައިޒްކުރެވުނު ބިސް ކަލްޗާރ ޑިޝްއެއްގައި ބޮޑުކުރުމަށްފަހު އަނބިމީހަގެ ރަހިމަށް ލެއްވެއެވެ.

ހަމަ މިއާއެކު އައި.ވީ.އެފް މެދުވެރިކޮށް ފަރުވާ ކުރެވޭ 30 ޕަސެންޓާއި 40 ޕަސެންޓުގެ ކޭސްތަކުގައި ބަލިވެއިނުމުގެ ފުރުސަތު އޮވެއެވެ. ނަމަވެސް ބަލިވެއިނުމުގެ ފުރުސަތު އޮތް މިންވަރަށް، އުމުރާއި، ދިރިއުޅުމުގެ ވައްޓަފަޅިއާއި، ދެމަފިރިންނަށް ޖެހިފައިވާ ބަލިތައްފަދަ ތަފާތު ކަންކަމުން އަސަރުކުރެއެވެ.

އައި.ވީ.އެފް އަކީ އާންމު ގޮތެއްގައި އަހަރަކަށްވުރެ ގިނަ ދުވަހު ބަލިވެ އިނުމަށް މަސައްކަތްކޮށް ނާކާމިޔާބުވެފައިވާ މީހުންނަށް ދެވޭ ފަރުވާއެކެވެ. މީގެއިތުުރުން ފެލޯޕިއަން ޓިއުބް ބްލޮކް ވެފައިވާ ފަރަތްތަކަށާއި ސްޕާރމް ކައުންޓް އަދި ސްޕާރމް މޯޓިލިޓީދަށް ފަރަތްތަކަށާއި އެންޑޯމެޓްރިއޯސިސް ބަލި ހުންނައަންހެން ބޭފުޅުންވެސް އައި.ވީ.އެފް މެދުވެރިކޮށް ފަރުވާ ކުރުމަށް ޑޮކްޓަރުން ލަފާދެއްވައެވެ.

އައި.ވީ.އެފް މެދުވެރިކޮށް، ބަލިވެއިންނަ ދުވަސްތައް އިހްތިޔާރު ކުރުމުގެ ފުރުސަތުލިބިގެންދެއެވެ. މީގެ އިތުރުން ރަހިމަށް ފާރޓިލައިޒްޑް ބިސް ލެއްވުުމުގެ ކުރިން ޖެނެޓިކް ޓެސްޓްތައް ހެދުމަށް ފުރުސަތު ލިބި ޖެނެޓިކް ކޮށް ދަރިފުޅަށް ވާރުތަވާ ބަލިތައް ޖެހުމުގެ ފުރުސަތު ހަނިވެގެންދާނެއެވެ.

މީގެ އިތުރުން ކޮންމެ މެޑިކަލް ފަރުވާ އެކޭވެސް އެއްފަދައިން އައި.ވީ.އެފްގައިވެސް ރިސްކްތައް އެކުލެވިގެންވެއެވެ. ނަމަވެސް މިއީ ވަރަށް ކުޑަ ރިސްކްތަކެކެވެ. މީގެ ތެރޭގައި އެއްފަހަރާއި އެއްކުއްޖަކަށްވުރެ ގިނަ ކުދިންނަށް ބަލިވެއިނުމުގެ ފުރުސަތު ބޮޑުވެގެންދިއުން ހިމެނެއެވެ. މީގެ ސަބަބުން ދުވަސް ނުފުރާ ވިހެއުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ.

ހަމަ މިއާއެކު އޯވަރިއަން ހައިޕަރ ސްޓިމިއުލޭޝަން އަށްވެސް އައި.ވީ.އެފް އިން ފުރުސަތު ހުޅުވިގެންދެއެވެ. ނަމަވެސް ޑޮކްޓަރުންގެ ލަފާގެ މަތިން ރަނގަޅަށް މޮނިޓަރކޮށް ބެލެހެއްޓިއްޖެނަމަ މިފަދަ ރިސްކްތައް ކުޑަވެގެންދެއެވެ.

އައި.ވީ.އެފް އަކީ ގިނަ އަދަދެއްގެ ދެމަފިރިންނަށް ދަރިންލިބުމުގެ ފުރުސަތު ފަހިކޮށްދީފައިވާ ޕްރޮސީޖާރއެކެވެ. އެހެންކަމުން އައި.ވީ.އެފްގެ ފަރުވާއަށް އެދިލައްވާނަމަ ތަޖުރިބާކާރު ފާރޓިލިޓީ ޑޮކްޓަރެއްގެ ލަފާ އާއި އިރުޝާދު ހޯދުން ވަރަށް މުހިންމެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްއަކީ އާއިލާއެއް ބިނާކުރުމުގެ ހުވަފެން ދެކެމުން އަންނަ ދެމަފިރިންގެ ހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައި އެހީތެރިވެދޭނެ ތަޖުރިބާކާރު، ހުނަރުވެރި، އޯގާތެރި ސްޕެޝިއަލިިސްޓްއިން ތިއްބަވާ ހޮސްޕިޓަލްއެކެވެ.

އެގޮތުން މި ޚިދުމަތްތައް ކޮންމެ މީހަކަށް އެމީހާކާއި އެންމެ އެކަށޭނެ ގޮތަށް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ފޯރުކޮށްދެވޭނެއެވެ. ޓްރީ ޓޮޕް ހޮސްޕިޓަލްއިންވަނީ ރާއްޖޭގެ އެންމެ ފުރަތަމަ ފާރޓިލިޓީ ސެންޓަރ ގެ އަމަލީ މަސައްކަތްތައް ނިމި ހުޅުވަން ތައްޔާރުވެފައެވެ. މި ސެންޓަރ މެދުވެރިކޮށް އައި.ޔޫ.އައި އަދި އައި.ވީ.އެފްގެ ޚިދުމަތްތައް ލިބިގެންދާނެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްގެ ޑރ. ޒަކިޔާ އަކީ ދަރިމައިވުމުގެ ދާއިރާއިން ތަޖުރިބާކާރު ޑޮކްޓަރެކެވެ. ޑރ ޒާކިޔާގެ މަގްސަދަކީ ދަރިމައިވުމުގެ މައްސަލަތަކުގެ ފަރުވާތައް ފަސޭހަކަމާއެކު ރައްޔިތުންނަށް ލިބޭނެ ގޮތް ހައްދަވައިދިނުމެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްއަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްޚީ ހިދުމަތް ފޯރުކޮށްދެމުން އަންނަ ހޮސްޕިޓަލްއެކެވެ. އެގޮތުން މިހާރުވެސް މި ހޮސްޕިޓަލްއިން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އާ ހިދުމަތްތައް ތައާރަފުކުރަމުންނެވެ.

comment ކޮމެންޓް