ރާއްޖޭގެ ފުރަތަމަ އަމިއްލަ ކޮފީ ކެޕްސޫލް، އުރީދޫގެ މޫލީ މެދުވެރިކޮށް ލިބޭނެ!

މެރާކީ ކޮފީ ރޯސްޓާސްއިން ތައާރަފުކުރި، ރާއްޖޭގެ އެންމެ ފުރަތަމަ އަމިއްލަ ކޮފީ ކެޕްސޫލު އުރީދޫގެ މޫލީ މެދުވެރިކޮށް ލިބޭނެ ކަމަށް އުރީދޫ އިން ބުނެފިއެވެ.

އުރީދޫ އިން ބުނީ އަލަށް ތައާރަފުކުރި މި ކޮފީ ކެޕްސޫލްތައް މޫލީ މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ތަނަކަށް ކޮންމެ ވަގުތަކު ވެސް މުޅިން ހިލޭ ޑެލިވަރީ ކުރެވޭނެ ކަމަށެވެ.

އުރީދޫ އިން ބުނީ މޫލީގެ ޚިދުމަތާއެކު ކަސްޓަމަރުންނަށް އޮންލައިންކޮށް ފައިސާ ދެއްކުމާއި، މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމާއި، އީޒީ ރިޓާންސް އަދި ގަންނަ ފަރާތްތަކަށް ޔަގީންކަމާއެކު ވިޔަފާރި ކުރުމުގެ ފުރިހަމަ ތަޖުރިބާއެއް ކަސްޓަމަރުންނަށް ލިބޭނެ ކަމަށެވެ. އަދި ކުދި ވިޔަފާރިކުރާ ފަރާތްތަކާއި އޮންލައިން ރީޓެއިލަރުންނަށް، ގިނަ އަދަދެއްގެ ކަސްޓަމަރުންނަށް ޑެލިވަރީގެ ޚިދުމަތަކަށް ވާސިލުވުމަށް މަގުފަހިކޮށްދިނުމުގައި ވެސް މި ޕްލެޓްފޯމް އެހީތެރިވެދޭނެ ކަމަށް އުރީދޫ އިން ބުންޏެވެ.

މެރާކީ ކޮފީ ރޯސްޓާސްއިން އުފައްދާ ދިވެހިރާއްޖޭގެ ފުރަތަމަ ކޮފީ ކެޕްސޫލް ލޯންޗުކުރީ މި ހަފުތާގެ ތެރޭގައިއެވެ. މިއީ އަމިއްލައަށް ނެތިފަނާވާ (ކޮމްޕޯސްޓަބަލް) މައުދަނަކުން އުފައްދާފައިވާ ސްޕެޝަލްޓީ ގްރޭޑްގެ ކޮފީ ކެޕްސޫލެކެވެ.

މި ކޮފީ ކެޕްސޫލަކީ ފަސޭހަކަމާއެކު ރަހަމީރު ކޮފީއެއް ކޮންމެ ވަގުތަކު، ކޮންމެ ތާކުވެސް ހަދާލެވޭނެ ގޮތަށް ފަރުމާކޮށް، ތައްޔާރުކޮށްފައިވާ ކެޕްސޫލެއް ކަމަށް އުރީދޫއިން ބުންޏެވެ.

މެރާކީ އިން ވަނީ ތިން ބާވަތެއްގެ ކޮފީ ކެޕްސޫލް ލޯންޗުކޮށްފައެވެ. މި ތިން ބާވަތަކީވެސް މުޅި އަހަރުގެ ތެރޭގައި ލިބެން ހުންނާނެ އުފެއްދުންތަކެކެވެ. އެއީ ކްލެސިކް އެސްޕްރެސޯއެއް ގޮތަށް "ޗޮކްލެޓީ އެންޑް ނަޓީ" ކޮފީއަކާއި ސިގްނޭޗާ ޑްރިންކެއްގައި ބޭނުންކުރަން އެންމެ ކަމުދާ ޒަމާނީ "ބްރައިޓް އެންޑް ސިޓްރަސީ" ކެޕްސޫލެއްގެ އިތުރުން އާއްމުކޮށް ކޮފީގައި އެކުލެވޭ ރަހަތަކާ ތަފާތު ރަހަތަކެއް ހިމެނޭ "ސްވީޓް އެންޑް ފުރުޓީ" ކެޕްސޫލެކެވެ.

މީގެ އިތުރުން ތަފާތު ސްޕެޝަލިޓީ ކޮފީއާއެކު، އެހެން ރަހަތައް ހިމެނޭ ކެޕްސޫލްތަކެއް މި އަހަރުގެ އެކި ހިސާބުތަކުގައި ލޯންޗުކުރުމަށް މެރާކީ ރޯސްޓާސްއިން ވަނީ ރާވާފައެވެ. މި ކޮފީތަކާއި އޭގެ މައުލޫމާތު އުރީދޫގެ މޫލީ އިން ލިބޭނެއެވެ.

comment ކޮމެންޓް