އަމީނިއްޔާ ސްކޫލްގެ އެންމެ މޮޅު ދަރިވަރަކަށް ރިފާއު!

އަމީނިއްޔާ ސްކޫލްގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް އިބްރާހިމް ރިފާއު --

މިިދިޔަ އަހަރު އަމީނިއްޔާ ސްކޫލްގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް އިބްރާހިމް ރިފާއު ހޮވިއްޖެއެވެ.

އަމީނިއްޔާ ސްކޫލްގެ އިނާމުދިނުމުގެ ޖަލްސާ ރޭ އެ ސްކޫލްގެ ވައިލެޓް ހޯލްގައި ވަނީ ބާއްވައިފައެވެ. މި ޖަލްސާ ޝަރަފްވެރިކޮށްދެއްވީ ގައުމީ ޔުނިވާސިޓީގެ ސްކޫލް އޮފް މެޑިސިންގެ ފުރަތަަމަ ޑީން ޑރ. ޝީޒާ އަލީއެވެެ.

މި ޖަލްސާގައި މިދިޔަ އަހަރު އެ ސްކޫލްގެ އެންމެ މޮޅު ތިން ދަރިވަރުން ވަނީ ހޮވައިފައެވެ.

ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ރިފާއު ހޮވުނުއިރު އޭނާ ވަނީ އެސްއެސްސީ އަދި އައިޖީސީއެސްއީ އިމްތިހާނުން ރަނގަޅު ނަތީޖާއެއް ހޯދައި ގައުމީ ގަދަ ދިހައެއްގެ ދެވަނަ ހޯދައިފައެވެ.

ރިފާއުއަށް ރައީސުލްކުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމާއި އިތުރު އިނާމުތަކާއި ހަނދާނީފިލާ ރޭގެ ޖަލްސާގައި ވަނީ އަރުވައިފައެވެ.

އަމީނިއްޔާ ސްކޫލްގެ މިދިޔަ އަހަރުގެ އެންމެ މޮޅު ތިން ދަރިވަރުން ޝަރަފްވެރި މެހެމާނާއެކު ފޮޓޯއަކަށް ހުއްޓިލައިގެން --

އަމީނިއްޔާ ސްކޫލްގެ މިދިޔަ އަހަރުގެ ދެވަނައަށް އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ އާއިޝަތު މަލާކެވެ. އޭނާ ވަނީ އެސްއެސްސީ އަދި އައިޖީސީއެސްސީ އިމްތިހާނުން ހުރިހާ މާއްދާއަކުން ވެސް ރަނގަޅު ނަތީޖާއެއް ހޯދާ ގައުމީ ގަދަ ދިހައިގެ ތިން ވަނައިގައި ހިމެނިފައެވެ.

ހުރިހާ ގޮތަކުން ތިންވަނައަށް އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ފާތިމަތު އުލާ ފާއިޒެވެ. އޭނާ ވެސް ވަނީ އެސްއެސްސީ އާއި އައިޖީސީއެސްސީ އިމްތިހާނުން ހުރިހާ ނަތީޖާއަކުން ރަނގަޅު ނަތީޖާތަކެއް ހޯދައި ގައުމީ ގަދަ ދިހައެއްގެ އެއްވަނަ ހޯދައިފައެވެ.

ރޭގެ އިނާމުދިނުމުގެ ޖަލްސާގައި ވަނީ ޖުމުލަ 107 ދަރިވަރަކަށް އިނާމު ދީފައެވެ. އޭގެ ތެރޭގައި އޯލެވެލްގެ ގަދަ ދިހައެއްގައި ހިމެނުނު 46 ދަރިވަރުން ހިމެނެއެވެ. އަދި ދުނިޔޭގެ ވަނަތައް ހޯދައިފައިވާ ތިން ދަރިވަރަކު ހިމެނެއެވެ.

comment ކޮމެންޓް