ޓްރީޓޮޕުން ބަނޑަށް ހަ މަހުގައި ވިއްސައި ތުއްތު ކުއްޖާއަށް ފަރުވާދީފި

ޓްރީ ޓޮޕް ހޮސްޕިޓަލްގައި ކާމިޔާބުކަމާއެކު ދުވަސް ހަމަނުވާ ކުޑަ ކުއްޖެއް ވިއްސައި ފަރުވާކޮށްފިއެވެ.

އުފަންވިއިރު ބަރުދަނުގައި ހަމައެކަނި 885 ގްރާމް ހުރި މި ތުއްތު ކުއްޖާ ވިހެއީ އެންމެ 26 ހަފްތާގެ ގޭސްޓޭޝަންގައެވެ. މި ތުއްތު ކުއްޖާ އަކީ ޓްރީ ޓޮޕް ހޮސްޕިޓަލުގައި ކާމިޔާބުކަމާއެކު ހުރިހާ ފަރުވާއެއް ދެވި ދެ މަސް ދުވަހުގެ ތެރޭގައި ރަނގަޅު ސިއްހަތެއްގައި ގެއަށް ދޫކޮށްލެވިފައިވާ ކުއްޖެކެވެ. އަދިި މި ކޭސްއަކީ ޓްރީ ޓޮޕް ހޮސްޕިޓަލުގައި ކާމިޔާބުކަމާއެކު ފަރުވާދެވުނު މިފަދަ ފުރަތަމަ ކޭސްއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްގައި މީގެ ކުރިންވެސް ގިނަ އަދަދެއްގެ ދުވަސް ނުފުރާ ވިހާ ކުދިންނަށް ވަނީ ފަރުވާ ދީފައެވެ. ނަމަވެސް މި ކުއްޖާއަކީ ފުރާނައަށް ނުރައްކާތެރި ހާލަތެއްގައި، މަރުގެ ތުންފަތް މަތީގައި އުފަންވި ފުރަތަމަ ކުއްޖާއެވެ.

މި ހޮސްޕިޓަލުގެ ނިއޮނަޓޮލޮޖީ ޑޮކްޓަރުންނާއި އަދި ޕީޑިއާޓްރިކްސް ޑޮކްޓަރުންނާއި އަދި އެންއައިސީޔޫ ނަރުހުންގެ މިންނެތް މަސައްކަތުންނާއި، ކުއްޖާގެ ބެލެނިވެރިންގެ ފުރިހިމަ އަޅާލުމާއި ލޯބިން ފުރިހަމަ ނަތީޖާއެއް ނެރެވި އިތުރު ބޮޑު ނުރައްކަލަކާއި ނުލައި ދަރިފުޅަށް ފަރުވާދެވުނެވެ.

"އަޅުގަނޑުމެން ވަރަށް ބޮޑަށް ހިތްހަމަޖެހޭ ދެވުނު ފަރުވާއައި މެދު. ޓްރީ ޓޮޕް ހޮސްޕިޓަލްގެ ކެއަރ ޓީމް އިން ވަނީ ހުރިހާ ކަމެއް ވެސް ކުރަންޖެހޭނެ އެންމެ އެކަށޭނެ ގޮތައް ކޮށްދީފަ. އަޅުގަނޑުމެންނަށް ވަރަށް އޮމާން ދަތުރެއް މިއީ ޔަގީނުންވެސް،" ޓްރީ ޓޮޕް ހޮސްޕިޓަލުން ދެވުނު ފަރުވާ އާ މެދު އެ ކުއްޖާގެ މަންމަ ބުންޏެވެ.

ފަރުވާ ދެއްވި ޑޮކްޓަރުންގެ ތެރޭގައި ހިމެނޭ ސީނިއާ ކޮންސަލްޓެންޓް ނިއުނަޓޮލޮޖިސްޓް ޑރ. އިންގްރިޑް ވިދާޅުވީ ބަރުދަނުގައި އެންމެ 1000 ގްރާމް ވެސް ހަމަނުވާ މި ތުއްތު ދަރިފުޅުވަނީ އުފަންވިތާ ދެމަސް ދުވަސް ތެރޭގައި ދޫކޮށްލެވިފައި ކަމަށެވެ.

މި ތުއްތު ކުއްޖާ ދުނިޔެއަށް އުފަންވީ ބަލިވެއިންތާ އެންމެ 26 ހަފުތާ ތެރެގައެވެ. މިއީ ދަރިފުޅުގެ ފުރާނައަށް ވަރަށް ނުރައްކާވެ ދެންވެދާނެ ގޮތެއް ލަފާ ކޮށްލަންވެސް ވަރަށް އުނދަގޫ ސްޓޭޖެކެވެ. އެހެންކަމުން މި ތުއްތު ކުއްޖާ މިހުރިހާ ގޮންޖެހުމަކާ ކުރިމަތިލައި އެންއައިސީޔޫ ޓީމާ އެއްކޮށް އެއްވެސް ބޮޑު ކޮމްޕްލިކޭޝަނެއް އަދި ޖިސްމާނީ ގެއްލުމަކާއި ނުލައި ގެއަށް ދޫކޮށްލެވިފައި ވުމަކީ ޓްރީ ޓޮޕް ހޮސްޕިޓަލްގެ މުޅި ކެއާ ޓީމްއަށް އަދި މުޅި ރާއްޖެއަށް ވެސް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

ދުވަސް ނުފުރާ ވިހެއުމަކީ މާބަނޑު މީހާ ބަނޑަށް 37 ހަފުތާ ވުމުގެ ކުރިން ވިހެއުމުގެ ވޭން އަޅައި ވިހެއުމެވެ. މިފަދަ ގޮތަކަށް ކުދިން އުފަންވުމަކީ އެކުދިންގެ ސިއްހަތަށް ވަރަށް ބޮޑެތި ނުރައްކާތައް ކުރާނެކަމެކެވެ. އެގޮތުން ދުވަސް ނުފުރާ ވިހެއުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި މާބަނޑުއިރު އިންފެކްޝަން އުފެދުމާއި، މާބަނޑުވުމުގެ ކުރިން ހަކުރު ބަލި، ލޭ މައްޗަށް ދިއުން، ކިޑްނީ ބަލިތައް އަދި އެއްކުއްޖަކަށްވުރެ ގިނަ ކުދިންނަށް ބަލިވެއިނުން، އަދި ރަހިމުގެ އެކިއެކި މައްސަލަތައް ހުރުން ހިމެނެއެވެ.

މީގެ އިތުރުން ސިނގަރެޓް ބުއިމާއި، މަސްތުވަތަކެތި ބޭނުންކުރުމާއި ހަށިގަނޑަށް ބޭނުންވާ ވަރަށް ނިއުޓްރިޝަން ނުލިބުމަކީ ވެސް ދުވަސް ހަމަނުވެ ވިހެއުމަށް މެދުވެރިވާ ކަންތަކެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްގެ ނިއުނަޓޮލޮޖީ އަދި ޕީޑިއާޓްރިކްސް ޑިޕާޓްމެންޓްއަކީ އެންމެ ރަނގަޅު ފެންވަރުގައި ކުޑަކުދިންނަށް ފޯރުކޮށްދޭންޖެހޭ ހުރިހާ ސިއްޙީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ހާއްސަ ކުރެވިފައިވާ ޑިޕާރޓްމެންޓެކެވެ. އެގޮތުން މި ޑިޕާރޓްމެންޓްއިން އެންއައިސީޔޫ އަށް ބޭނުންވާނެ ހުރިހާ އިކުއިޕްމެންޓްއެއް ފޯރުކޮށްދެވޭނެއެވެ. އެގޮތުން ވެންޓިލޭޓަރތަކާއި، އިންކިއުބޭޓާރ، އިންފިއުޝަން ޕަމްޕް އަދިވެސް ތަފާތު އިކުއިޕްމެންޓްތަކުން ދުވަސް ނުފުރާ އުފަންވާ ކުދިންނަށް ފޯރުކޮށްދޭންޖެހޭ ހުރިހާ ހިދުމަތްތަކާއި ފަރުވާ ފޯރުކޮށްދިނުމުގެ ފުރިހަމަ ގާބިލްކަންލިބިފައިވެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްގެ ތަޖުރިބާކާރު ފުރިހަމައަށް ޓްރެއިން ވެފައިވާ ނިއުނަޓޮލޮޖިސްޓުންނާއި ޕީޑިއާޓްރިޝަނުންނަކީ އަލަށް އުފަންވާކުދިންނާއި، ދުވަސް ހަމަނުވެ އުފަންވާ ކުދިންނާއި އެކި އުމުރުގެ ކުދިންނަށް ފޯރުކޮށްދޭންޖެހޭނެ މުހިންމު ހުރިހާ ޙިދުމަތެއް ފޯރުކޮށްދެވޭނެ ގާބިލިއްޔަތު ލިބިވަޑައިގެންފައިވާ ޑޮކްޓަރުންނެވެ.

comment ކޮމެންޓް