މޭޑޭ: ޓްރޭޑް ޔޫނިއަންގެ ހިނގާލުމެއް މާދަމާ

ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހާ ގުޅުވައިގެން ޔޫނިއަންތަކުން ވަނީ ހިނގާލުމެއް ބާއްވަން ނިންމާފަ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާދަމާ ފާހަގަކުރާ ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހާ ގުޅުވައިގެން މޯލްޑިވްސް ޓްރޭޑް ޔޫނިއަންއިން އިންތިޒާމް ކޮށްގެން ޚާއްސަ ހިނގާލުމެއް ބާއްވަން ނިންމައިފިއެވެ.

މި ހިނގާލުމާ ގުޅޭގޮތުން "ސަން"އަށް މައުލޫމާތު ދެއްވަމުން ޓްރޭޑް ޔޫނިއަންގެ ރައީސް މައުރޫފް ޒާކިރު (މަޓޭ) ވިދާޅުވީ މިއީ މޭޑޭ ފާހަގަކޮށް މަސައްކަތްތެރިންގެ ހައްގުތަކުގެ އަޑު އުފުލުމަށް އެ ޔޫނިއަންއިން އިންތިޒާމްކޮށްގެން ބާއްވާ ހިނގާލުމެއް ކަމަށެވެ.

އެގޮތުން މި ހިނގާލުމުގައި މަސައްކަތްތެރީންގެ ހައްގުތަކާއި ކަންބޮޑުވުންތައް ކަމާބެހޭ ފަރާތްތަކަށް އަންގައި، ޝުއޫރު ފާޅުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ހިނގާލުމުގައި ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން (ޓީމް) އާއި، ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން (އެމްއެޗްޕީޔޫ) އާއި، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި، މޯލްޑިވްސް ޕޯޓް ވޯކާސް ޔޫނިއަން އަދި ރާއްޖޭގެ ޓީޗަރުންގެ އެސޯސިއޭޝަންގެ އިތުރުން މަސްވެރިންގެ ޔޫނިއަންއިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

މި ހިނގާލުން ފަށާނީ މާދަމާ ހަވީރު 4:00ގައި ރަސްފަންނު ސަރަހައްދުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް