ސޮނީ ސްޕޯޓްސްގެ ''ނައު އޯ ނެވާ'' ސޭލް ލޯންޗުކޮށްފި

ސޮނީ ސްޕޯޓްސް --

ސޮނީ ސްޕޯޓްސް އިން "ނައު އޯ ނެވާ"ގެ ނަމުގައި ބޮޑު ސޭލްއެއް ލޯންޗުކޮށްފިއެވެ.

ނައިކީގެ ބްރޭންޑުގެ ތަކެއްޗަށް ޚާއްސަ މި ސޭލްއަކީ 75 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެކެވެ. މި ސޭލް ކުރިއަށް ދާނީ ސޮނީ ސްޕޯޓްސްގެ އަމީނީ މަގުގައި ހުންނަ "ސޮނީ ސްޕޯޓްސް ލައިފް ސްޓައިލް" ފިހާރައިގައެވެ.

މި ސޭލަކީ ނިމިދިޔަ މަހުގެ 28 އިން މި މޭއި މަހުގެ ހަތަރެއްގެ ނިޔަލަށް ކުރިއަށް ދާނެ ޕްރޮމޯޝަނެކެވެ.

ސޮނީ ސްޕޯޓްސް އިން ބުނީ މި ޕްރޮމޯޝަނުގެ މަގްސަދަކީ އެ ފިހާރައަށް ޒިޔާރަތްކުރާ ކަސްޓަމަރުންގެ މެދުގައި ނައިކީ ބްރޭންޑު ޕްރޮމޯޓްކުރުން ކަމަށެވެ.

އަދި މިއީ ނައިކީގެ ފޭކު ތަކެތި ގަނެވިފައިވާ ފަރާތްތަކަށް އޮރިޖިނަލް ނައިކީ ޕްރޮޑަކްޓްތައް ތަޖުރިބާ ކޮށްލުމަށް ލިބޭނެ ރަނުގެ ފުރުސަތެއް ކަމަށް ސޮނީ ސްޕޯޓްސް އިން ބުންޏެވެ.

ސޮނީ ސްޕޯޓްސް އިން ލިބޭ ނައިކީ ބްރޭންޑުގެ ތަކެއްޗަށް ބަލާއިރު، ޓާފް ޝޫޒް، ރަނިން ޝޫޒް، އެޕަރެލްސް އަދި ސްޕޯޓްސް އެހެނިހެން ތަކެތި ހިމެނެއެވެ.

މި ސޭލް ކުރިއަށް ދާ ސޮނީ ސްޕޯޓްސް ލައިފް ސްޓައިލް ހުޅުވިފައި ހުންނާނީ ހުކުރު ދުވަހުގެ ހަވީރު ހަތަރަކުން ހަޔަކަށް، އަދި އަށަކުން ދިހައަކަށެވެ. އަދި އެނޫން ދުވަސްތަކުގައި މި ފިހާރަ ހުޅުވިފައި ހުންނާނީ ހެނދުނު ދިހަ އަކުން ބާރައަށް، ދެއަކުން ހަޔަކަށް އަދި އަށަކުން ދިހައެއްގެ ނިޔަލަށެވެ.

comment ކޮމެންޓް