އަފްޣާނިސްތާނު އަންހެނުންގެ ދިފާއުގައި އދ ގެ ގަރާރެއް

އަފްޣާނިސްތާނުގައި އަންހެނުންނަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް އަވަހަށް އަނބުރާ ގެންދިޔުމަށް ގޮވާލާ ގަރާރެއް ފާސްކޮށްފި -- ފޮޓޯ/ އޭޕީ

އަފްޣާނިސްތާނުގައި އަންހެނުންނަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް އަވަހަށް އަނބުރާ ގެންދިޔުމަށް ގޮވާލާ ގަރާރެއް އދ ގެ ސަލާމަތީ މަޖިލީހުން އިއްޔެ ފާސްކޮށްފިއެވެ.

ތާލިބާން ސަރުކާރުން އެ ގައުމުގެ އަންހެނުންނާ އަންހެން ކުދިންނަށް ވަނީ ތައުލީމީ ނިޒާމުން ފެށިގެން ގިނަ ވަޒީފާތަކާއި އާންމު ތަންތަނާއި ޖިމްތަކަށް އަންހެނުން ދިޔުން ވެސް މަނާކޮށްފައެވެ.

އެ ގައުމުގައި އަންހެނުންނަށް އޮތް ފުރުސަތުތައް ހަނިކުރުމުގެ އިތުރުން މި ފަހުން ތާލިބާނުން ވަނީ އދ ގައި އެ ގައުމުގެ އަންހެނުން މަސައްކަތް ކުރުން ވެސް މާނާކޮށްފައެވެ.

މިކަން އދ އިން ވަނީ ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ. އަދި އެ ގަރާރުގައި "އދ.ގެ ތާރީހުގައި ކުރިން ނުފެންނަ ކަމެއް" ގެ ގޮތުގައި ބުނެފައިވެއެވެ.

އެމެރިކާ، ރަޝިޔާ އަދި ޗައިނާގެ އިއްތިފާގުން ނެގި ވޯޓުން ވެސް ގިނަ ގައުމުތަކުން ވަނީ ތާލިބާނުންނާ ދެކޮޅަށް ވޯޓުލާފައެވެ. މިއީ ވެސް ތާލިބާނުންގެ އަމަލުތަކާ ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުން ފުޅާ ދާއިރާއެއްގައި ކަންބޮޑުވުން ފާޅުކުރުމުގެ ނިޝާނެކެވެ.

ރަޝިޔާ އަދި ޔޫކްރޭން ހަނގުރާމައާ ގުޅިގެން ބައިނަލްއަޤްވާމީ ގޮތުން ވަރުގަދަ ބައިބައިވުންތަކެއް އުފެދިފައިވާ މިފަދަ ދަނޑިވަޅެއްގައި މި މައްސަލައާ ގުޅިގެން ގިނަ ގައުމުތަކަކުން އެއްކޮޅަށް އެރުމަކީ އެއްބައިވަންތަކަން ދައްކުވައިދިން އަދި މަދުން ނޫނީ ނުފެންނަ ވަގުތެކެވެ.

ނަމަވެސް ރަޝިޔާ އާއި ޗައިނާއިން އެމެރިކާއާ އެއްކޮޅަށް ވޯޓު ދިނުމަށް ފަހު އަފްޣާނިސްތާނުގައި ކުރިން އަދާކުރި ދައުރާއި ފަންޑުގެ ގޮތުގައި ފްރީޒްކޮށްފައިވާ ހަތް ބިލިއަން ޑޮލަރު އަނބުރާ ދިނުމަށް ވަނީ ދެކޮޅު ހަދާފައެވެ.

ތާލިބާނުން ވެރިކަމަށް އައި ފަހުން އެ ގައުމުގެ އަންހެނުންގެ ގިނަ ހައްގުތައް ވަނީ ހިފަހައްޓައިފައެވެ. އެގޮތުން ވަފީޒާ އަދާކުރުމާއި ތައުލީމް ހާސިލްކުރުން ވެސް ވަނީ މަނާކޮށްފައެވެ.

މިދިޔަ ޑިސެމްބަރު މަހު ތާލިބާނުންގެ ކަމާބެހޭ ފަރާތްތަކުން އެންޖީއޯގެ ގިނަ އަންހެން މުވައްޒަފުން މަސައްކަތްކުރުން ވަނީ ހުއްޓުވާފައިވައިފައެވެ. މިކަމާ ގުޅިގެން އެހީ ދިނުމުގައި މަސައްކަތް ކުރާ މީހުން ބުނާ ގޮތުގައި އެކަމުގެ ސަބަބުން ޑޮނަރުން ފައިސާ ދިނުން ވަނީ ހުއްޓިފައެވެ.

comment ކޮމެންޓް