މަހްރޭޒްގެ ހެޓްރިކާ އެކު ސިޓީ ފައިނަލަށް

މަހްރޭޒް ގޯލުޖެހުމަށްފަހު އުފާ ފާޅުކުރަނީ ---

ޝެފީލްޑް ޔުނައިޓެޑު ބަލިކޮށް މެންޗެސްޓާ ސިޓީން އެފްއޭ ކަޕްގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

ސިޓީ އެފްއޭކަޕްގެ ސެމީއަށް ދަތުރު ކުރީ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު އެ މުބާރާތުގެ ސެމީ ފައިނަލް މެޗުގައި 3-0 ގެ ނަތީޖާއަކުން ޝެފީލްޑް ބަލިކޮށްގެންނެވެ.

އެ މެޗުގެ 23ވަނަ މިނެޓުގައި ސިޓީއަށް ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދައިފައެވެ. ޖެކް ގްރީލިޝް ދިން ބޮޅައެއް ހޫލިއަން އަލްވަރޭޒް އޭރިއާ ބޭރުން ފޮނުވާލި ނަމަވެސް އެ ބޯޅަ ދިފާއުކުރީ ޝެފީލްޑްގެ ކީޕަރު ވެސް ފޮޑަރިންހަމްއެވެ.

މެޗުގައި ސިޓީން ފުރަތަމަ ގޯލު ޖެހީ މެޗުގެ 41ވަނަ މިނެޓުގައެވެ. ޝެފީލްޑްގެ އޭރިއާ ތެރެއިން ސިޓީގެ ބަނާޑޯ ސިލްވާއަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއަކުން އެ ގޯލު ޖެހީ ރިޔާދު މަހުރޭޒްއެވެ.

ސިޓީއާއި ޝެފީލްޑް ބައްދަލުކުރި މެޗުގެ ތެރެއިން ---

މެޗުގެ 60ވަނަ މިނެޓުގައި ސިޓީން ވަނީ އެ ޓީމުގެ ދެވަނަ ގޯލު ޖަހައި މެޗުގެ ލީޑު އިތުރަށް ފުޅާކޮށްފައެވެ. އެ ގޯލަކީ ޝެފީލްޑް ހާފު މެދާކަ ހިސާބުން މަހްރޭޒްއަށް ލިބުނު ބޯޅައެއް ހިފައިގެން އެ ޓީމުގެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމާލާއަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

އޭގެ ފަސް މިނެޓު ފަހުން މަހްރޭޒް ވަނީ އޭނާގެ ތިންވަނަ ގޯލު ޖަހައި ހެޓްރިކް ފުރިހަމަކޮށްފައެވެ. އެ ގޯލަކީ ގްރީލިޝް ނެގި ހުރަހަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

އެ މެޗުން މޮޅުވެ ސިޓީ އެފްއޭކަޕް ފައިނަލަށް ދަތުރުކުރި އިރު ފައިނަލްގައި އެ ޓީމާ ދެކޮޅަށް ނުކުންނަން ޖެހޭނީ ސެމީގެ ދެވަނަ މެޗުގައި މެންޗެސްޓާ ޔުނައިޓެޑާއި ބްރައިޓަން ބައްދަލުކުރާ މެޗުން މޮޅުވާ ޓީމެކެވެ. އެ މެޗު ކުޅޭނީ މިރޭ 20:30 ގައެވެ.

comment ކޮމެންޓް