ރާއްޖޭގެ ފަރަކުން ޓަނަކަށްވުރެ ބަރު ގޯސްޓު ނެޓެއް ނަގައިފި

ރާއްޖޭން ނެގި ބިޔަ ގޯސްޓް ނެޓް --

ރާއްޖޭގެ ފަރަކުން އެއް ޓަނަށްވުރެ ބަރު "ގޯސްޓް ނެޓް"އެއް ނަގައިފިއެވެ.

ރާއްޖޭގެ ފަރުތަކާއި ކަނޑުގެ ދިރުންތައް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ އޮލިވް ރިޑްލީ ޕްރޮޖެކްޓް (އޯއާރުޕީ) އިން ބުނާ ގޮތުގައި ގޯސްޓް ނެޓް ނަގާފައިވަނީ ޖޯލި މޯލްޑިވްސް ރިސޯޓުގެ ޓީމަކުންނެވެ.

ހަތް ގަޑިއިރުގެ މަސައްކަތުން ރާއްޖޭގެ ތިލަ ފަރަކުން އެ ބިޔަ ދާގަނޑު ނަގައިފައިވަނީ ފަތާފައި ފުން ހިސާބަކަށް ދާގަނޑު ގެންދިޔުމަށް ފަހު، ޓޯވ ކޮށްގެން ރިސޯޓާ ހަމައަށް ގެނެސްގެންކަމަށް ވެސް އޯއާރުޕީން ބުނެއެވެ.

ހަތްގަޑިއިރުގެ އެ މަސައްކަތަށްފަހު ވެސް އެ ދާގަނޑުން ސާމްޕަލް ނެގުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. އެ ސާމްޕަލްތަކުގެ ސަބަބުން މޫދަށް ދޫވެފައިވާ އެކިއެކި ސާމާނު ނައްތާލުމަށް ކުރާ މަސައްކަތުގައި ކުރިއެރުން ލިބޭނެ ކަމަށް އޯއާރުޕީން ބުނެއެވެ.

ރާއްޖޭގެ ސަރަހައްދަކުން މި ފަދަ ދާގަނޑެއް ފެނިއްޖެ ނަމަ އޯއާރުޕީގެ ވެބްސައިޓް މެދުވެރިކޮށް އެ ކަން ރިޕޯޓު ކޮށްދިނުމަށް ވެސް އެ ޖަމިއްޔާއިން ވަނި އެދިފައެވެ.

comment ކޮމެންޓް