ދީމާ މި ކިޔައިދެނީ ރޯދަ މަހަށް ފަސޭހަ ރެސިޕީތަކެއް

މާލޭގެ ރެސްޓޯރެންޓަކުން ކާނެ އެއްޗެއް ނޭނގިގެން އުޅޭ ނަމަ އެންމެ ފުރަތަމަ ވެސް އަހާލަންވީ އައިމިނަތު ދީމާ ގާތުގައެވެ. އޭރުން އެ ތަނެއްގައި ހުންނަ އެންމެ ކަމުދާ ޑިޝްތައް އަކުރުން އަކުރަށް ދީމާ ކިޔައިދޭނެއެވެ.

ދިވެހިންގެ ތެރޭގައި މަގުބޫލު ފުޑް ބްލޮގާ ދީމާ އަކީ ރެސްޓޯރެންޓުން މީރު ކާނާ ކިޔައިދޭ ޒުވާނެކެވެ. ނަމަވެސް ކޮންމެ ރޯދަ މަހަކާ ދިމާކޮށް ދީމާ ކިޔައިދެނީ ތަފާތު ވާހަކައެކެވެ. އެއީ، ގޭގައި ތިބެ ޚަރަދު ކުޑަ ގޮތަކަށް ތަފާތު ޑިޝްތައް ތައްޔާރުކޮށްލާނެ ގޮތެވެ.

މި ފަހަރު ވެސް ރޯދަ މަހާ ދިމާކޮށް ދީމާ އަންނަނީ ކޮންމެ ދުވަހަކު ހެން ތަފާތު ޑިޝް އެއް ތައްޔާރު ކޮށް އާންމުންނަށް އެ ހަދާނެ ގޮތް ކިޔައިދެމުންނެވެ. އޭގެ ތެރެއިން މި ފާހަގަކޮށްލަނީ ބައެއް ޑިޝްތަކެވެ.

މޫން ބްރެޑް

View this post on Instagram

A post shared by Food Diva (@dhee.ma)

މޫން ބްރެޑް އަކީ ކުޅި އެއްޗެހި ކަމުދާ މީހުންނަށް ޓެސްޓު ކޮށްލަން ރަނގަޅު ވާނެ އެއްޗެކެވެ. މިއީ ތައްޔާރު ކޮށްލުމަށް ގިނަ ފިޔަވަޅުތަކެއް ހުރި އެއްޗަކަށް ވެދާނެއެވެ. ނަމަވެސް މިއީ ތައްޔާރު ކުރުމަށް ޚަރަދު ކުޑަ އެއްޗަކަށް ވާނެއެވެ. މިއަށް ބޭނުންވާނީ އާންމުކޮށް ގެއަށް ބޭނުންވާ އެއްޗެއްސެވެ.

ކޮކޮނަޓް ޗިކަން ކަރީ

View this post on Instagram

A post shared by Food Diva (@dhee.ma)

ކުކުޅު ކަމުދާ މީހުންނަށް މިއީ ކަމުދާނެ ޑިޝް އަކަށް ވެދާނެއެވެ. އާންމުކޮށް ދިވެހި ރިހަތަކަށް ލޯބި ކުރާ މީހުންނަށް މިއީ ޓެސްޓު ކޮށްލަން ރަނގަޅު ވާނެ ރިހައެކެވެ. އާންމުކޮށް ދިވެހިން އަޅާ ފުނޑި ހަވާދުތަކެއް މި ރިހައަކު ނުހުންނާނެއެވެ. ނަމަވެސް މިއީ މީރު ވާނެ ރިހައެކެވެ.

ޝަވަރުމާ

View this post on Instagram

A post shared by Food Diva (@dhee.ma)

މި ފަހަރު ދީމާ މި ކިޔައިދެނީ ކޮންމެ މީހެއްގެ ބަދިގެ ތެރެއިން ވެސް ފަސޭހަ ކަމާ އެކު ޝަވަރުމާއެއް ތައްޔާރު ކޮށްލެވޭނެ ގޮތެކެވެ. ގޭގައި ހުންނާނެ ގިނަ ތަކެތި ބޭނުންކޮށްގެން ޝަވަރުމާ ތައްޔާރު ކުރާއިރު މި ޝަވަރުމާ އަކީ ގިނަ އިރު ތަކެއް ނުނަގައި ނިންމާލެވޭނެ އެއްޗެކެވެ.

comment ކޮމެންޓް