އެޗްޑީސީގެ ނަން "އާބަންކޯ" އަށް ބަދަލުކޮށްފި

އާބަންކޯ އޮފީސް / ފޮޓޯ: އާބަންކޯ

ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ނަން "އާބަންކޯ" އަށް ބަދަލުކޮށް އެ ކުންފުނި ރީބްރޭންޑް ކޮށްފިއެވެ.

ކުންފުނީގެ އައު ލޯގޯ އާއި ނަން އިފްތިތާހް ކޮށްފައިވަނީ، މާލޭ ސަރަހައްދުގެ ތޮށްޖެހުން ކުޑަކޮށް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ އުއްމީދާއިއެކު 2001 ވަނަ އަހަރު ރައީސް އޮފީހުގައި ހެދުނު ވަކި ޔުނިޓަކުން ފެށި މަސައްކަތައް މިއަދު 22 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހަފްލާގެ ތެރެއިންނެވެ.

އާބަންކޯއިން ބުނީ 22 އަހަރު ފުރިގެންދާއިރު ބަދަލުތަކެއް ގެނެސް، ކުންފުނީގެ މެނޭޖްމަންޓުން އަދި ހުރިހާ މުވައްޒަފުންގެ އަމާޒު މުޅިން އައު ހަރުފަތަކަށް ގެންދިއުމަށް ބޭނުން ޖެހިފައިވާ ކަމަށެވެ. އަދި ކުންފުނީގެ ބްރޭންޑް "އަރބަންކޯ" ލޯންޗް ކޮށްފައިވަނީ ައްޔިތުންނަށް ފޯރުކޮށްދެމުން ގެންދާ ޙިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ވިލަރެސްކޮށް، ރާއްޖޭގެ އެންމެ ބޮޑު އާރބަން ޑިވެލޮޕްމަންޓް ކުންފުނީގެ ފުރިހަމަ ލަޤަބު ހޯދައި މަސައްކަތްތައް ބަށްޓަން ކުރުމަށް ކަމަށެވެ.

އާބަންކޯގެ ލޯގޯ / ފޮޓޯ: އާބަންކޯ

އާބަންކޯއިން ބުނީ އެ ކުންފުނީގެ އަމާޒަކީ މިހާރު، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވެސް ސަރުކާރުގެ ވިސްނުމާއި އެއްގޮތަށް، ކައުންސިލްތަކާއި ގުޅިގެން ގެނެވެން ހުރި ތަރައްގީގެ މަސައްކަތްތައް ބަލައި ލިބިފައިވާ ތަޖުރިބާ އާއި ހޯދިފައިވާ ކާމިޔާބީތަކުގެ ބޭނުންކޮށް ރައްޔިތުންނަށް ފައިދާ ހުރި ކަންތައްތައް ކުރުމަށް ކުންފުނި ފުޅާ ކުރުން ކަމަށެވެ.

މީގެ އިތުރުން އާބަންކޯގެ ކުޑައިގެ ހިޔަލުގައި ހުޅުމާލެ އެކަނި އޮތުން ބަދަލުކޮށް، ބިޔޯންޑް ހުޅުމާލޭގެ ވިސްނުމާ އެކު ތައާރަފް ކުރެވުނު މި ބްރޭންޑިން ވެގެންދާނީ މިހާރު ކުންފުނިން ދޭ ޙިދުމަތްތައް ފުޅާ ކުރުމަށް ކުރެވޭ މުހިންމު މަސައްކަތަކަށް ކަމަށެވެ.

ކުންފުނީގެ ލޯގޯ އާއެކު ކުންފުނިން ދޭ ހުރިހާ ޙިދުމަތެއް ފަސޭހަކަމާއި އެކު އެއްތަނަކުން ހޯދޭނެ އާބަންކޯ މޮބައިލް އެޕްލިކޭޝަން ވެސް މިއަދު ވަނީ އިފްތިތާހްކޮށްފައެވެ.

comment ކޮމެންޓް